ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އެ ޖަމާއަތުގެ ބައިވެރިން ސީރިއާ އާއި އަވަށްޓެރި ގައުމުތަކަށް 6.3 ބިލިއަން ޑޮލަރު ދޭން ނިންމާފައިވާ ކަމަށް އީޔޫގެ ހާރިޖީ ސިޔާސަތުގެ ވެރިޔާ ކަޖާ ކަލާސް އިއްޔެ ވިދާޅުވެއްޖެ އެވެ.
"އީޔޫ އާއި އެ ޖަމާއަތުގެ ބައިވެރިން ސީރިއާ އާއި އަވަށްޓެރި ގައުމުތަކަށް 5.8 ބިލިއަން ޔޫރޯ ދޭން ވައުދުވި. މިކަމުގެ ސަބަބުން ވެރިކަން ބަދަލުވުމުގެ ދަނޑިވަޅެއްގައި ސީރިއާއަށް އެހީތެރިވެ، ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ ބޭނުންތަކަށް ހައްލެއް ލިބިގެންދާނެ،" ކަލާސް 'އެކްސް'ގައި ވިދާޅުވި އެވެ.
ފާއިތުވި ހަފުތާތަކުގައި ސީރިއާގައި ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައިފަ އެވެ. ސީރިޔާގެ ސުންނީ މުސްލިމުން ހިންގާ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ އެ ގައުމުގެ ސަލާމަތީ ބާރުތަކަށް ހަމަލާދީފައިވަނީ ވެރިކަމުން ދުރުކޮށްފައިވާ ރައީސް ބައްޝާރުލް އަސަދަށް ވަފާތެރި ހަނގުރާމަވެރިން ކަމަށެވެ.
އީޔޫ އާއި ބައިވެރިން ސީރިއާ އާއި އަވަށްޓެރިންނަށް 6.3 ބިލިއަން ޑޮލަރު ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ