މަރިޔަމް ޒުބައިރާއި ޝިއުނާ ފުލުހަށް ހާޒިރުވާން އަންގައިފި

އިދިކޮޅު އެމްޑީޕީން ކުރި މުޒާހަރާއަކާ ގުޅިގެން، އެ ޕާޓީގެ ދެ އެކްޓިވިސްޓުން ކަމަށްވާ މަރިޔަމް ޒުބައިރާއި ފާތުމަތު ޝިއުނާ ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ.
ވީ ކިހިނެއް؟ - އެ ދެ މީހުންނަށް ފުލުހުން މިއަދު ފޮނުވި ޗިޓުގައި ބުނީ، އެ މީހުން ހާޒިރު ކުރަނީ:
ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް، މި މަހުގެ 10 ވަނަ ދުވަހުގެ ރޭ މާލޭގެ އެކި ސަރަހައްދުގެ މައްޗަށް އެއްވެ އަޑުގަދަކޮށް މުޒާހަރާ ކުރުމުން
އާއްމު ދަތުރުފަތުރަށް ދަތިވާނެހެން ހަރަކާތްތެރިވުމުން
ފުލުހުންގެ ދައުރަށް ހުރަސް އަޅާފައިވާތީ
އެ މީހުން ފުލުހަށް ހާޒިރުވާން އަންގާފައިވަނީ އަންނަ ހޯމަ ދުވަހު އެވެ.
އެނގުން މުހިއްމު - ރާއްޖޭގައި ވޭޕް މަނާކޮށްފައި ވަނީ، ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލުންގެ ސަބަބުން ކަމަށް އެމްޑީޕީ މުޒާހަރާއެއްގެ ތެރެއިން މަރިޔަމް ޒުބައިރު ތުހުމަތުކުރި މައްސަލައެއް ވަނީ ހޫނުވެފަ އެވެ.
އެކަމާ ގުޅިގެން އޭނާ އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި އެމްޑީޕީއާ ދެކޮޅަށް ދައުވާ ކުރުމަށް، ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ ނިންމަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ