ކ. އަތޮޅުގައި ހިންގާ 'ވަރު ބައި އެޓްމޮސްފިއާ' ރިސޯޓު ކައިރިން ފެނުނު ކިނބޫ އެމްއެންޑީއެފްއިން ހިފައިފި އެވެ.
ވީ ކިހިނެއް؟ - މިއަދުގެ ވަގުތެއްގައި އެ ކިނބޫ ފެނުނީ ރީތިރަށް ފަޅުގައި އޮންނަ ވަރު ބައި އެޓްމޮސްފިއާގެ ވޯޓާ ވިލާތައް ކައިރިންނެވެ.
އެ ރިސޯޓުގެ މޫދާ ދިމާލުން ބޭރުގައި ޖަހާފައިހުރި ހިލަ ގާތަކުގެ މަތީގައި އެ ކިނބޫ އުޅޭ މަންޒަރު، ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން ފެނެ އެވެ.
ބުނީ ކީކޭ؟ - "ވަރު ބައި އެޓްމޮސްފިއާ ކައިރިން ފެނުނު ކިނބޫ މިހާރު ވަނީ ހިފައި، އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައި،" އެމްއެންޑީއެފްގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.
ނަމަވެސް އެއީ ކިހާ ބޮޑު ކިނބުލެއްކަމެއް އެމްއެންޑީއެފްއިން ނުބުނެ އެވެ.
އެނގުން މުހިންމު - ކިނބުލަކީ ރާއްޖޭގައި އާންމުކޮށް އުޅޭ އެއްޗެއް ނޫން ނަމަވެސް ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅޭ ކިނބޫ ދޭތެރެދޭތެރެއިން ފެނެ އެވެ.
މިފަހުން ހިނގި މިފަދަ ބައެއް ހާދިސާތަކުގެ ތެރޭގައި މިދިޔަ އަހަރުގެ ޖެނުއަރީގައި، ދ. އަތޮޅުގެ ކަނޑިންމަ ރިސޯޓު ކައިރިން 9 ފޫޓުގެ ކިނބުލެއް ފެނުމާއި ފެބްރުއަރީގައި ށ. ފަރުކޮޅަށް ދަތުރު ދިޔަ ބަޔަކަށް 10 ފޫޓުގެ ކިނބުލެއް ފެނުން ހިމެނެ އެވެ.
ވަރު ބައި އެޓްމޮސްފިއާ ކައިރިން ފެނުނު ކިނބޫ ހިފައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ