ބޮޑު ޗުއްޓީގައި 7،000 އަށް ވުރެ ގިނަ މީހުން އުމްރާ އަށް
މިއަދު ފެށި ސްކޫލްތަކުގެ އަހަރީ ޗުއްޓީއާ ދިމާކޮށް މި ޑިސެމްބަރުމަހާއި ޖެނުއަރީމަހު ރާއްޖެ އިން 7،700 އަށް ވުރެ ގިނަ ބަޔަކު އުމްރާގެ އަޅުކަމަށް ދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.މިކަން ފާހަގަ ކުރައްވައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ޑިސެންބަރާއި ޖެނުއަރީގައި ޖަނަވަރީ ރާއްޖެއިން ޖުމްލަ 7،726 މީހުން ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދާން ހަމަޖެހިފައިވާ ކަމަށެވެ.އެންމެ ގިނަ އުމްރާވެރިން ފުރަން ހަމަޖެހިފައި ވަނީ މި މަހުގެ 28 ގަ އެވެ. އެ ދުވަހު އެކަނި ވެސް 1،049 އުމްރާވެރިން ފުރަން ހަމަޖެހިފައިވެ އެވެ.ބޮޑު ބަންދާ ދިމާކޮށް އުމްރާ އަށް ދާ ރަތަމަ ގްރޫޕް މައްކާއަށް ފުރީ، މި މަހުގެ 21 ގަ އެވެ. އެ ދުވަހު 262 އުމްރާވެރިން ފުރާފައިވެއެ ވެ.މި ފަހަކަށް އައިސް ސްކޫލް ޗުއްޓީތަކުގައި ދިވެހިން އުމްރާގެ އަޅުކަމަށް ވަރަށް ގިނަ އަދަދަކަށް ދާކަން ފާހަގަކުރެވެ އެވެ.އުމްރާގެ ދަތުރުތަކުގެ އަގު މިހާރު ނިސްބަތުން ބޮޑެއް ނޫނެވެ. ގިނަ ކުންފުނިތަކުން ޑިސެމްބަރު މަހުގެ އުމްރާ ދަތުރަކަށް މީހަކަށް އެވްރެޖުކޮށް 25،000-29،000ރ. ނަގަ އެވެ. އެހެންވެ، ސްކޫލު ޗުއްޓީގައި ކުދިން ގޮވައިގެން އުމްރާއަށް ދާ މީހުން ގިނަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ