ޚުތުބާ ދޭންވީ ކޮން މައުޟޫއަކަށް؛ އާންމުންގެ ޚިޔާލަށް ހުޅުވާލައިފި

ހުކުރު ޚުތުބާ ދޭން އާންމުންނަށް އެންމެ ފެންނަ މައުލޫތަކެއް ހިއްސާކުރުމަށް ފުރުސަތު ހުޅުވާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ހުކުރު ޚުޠުބާ ލިޔާ މައުޟޫޢުތަކާމެދު ރައްޔިތުންގެ ޚިޔާލު ހޯދަން ބޭނުންވެ އެވެ. އެހެން ކަމުން މި އަހަރުގައި ޚުޠުބާ ލިޔުމަށް އާންމު ރައްޔިތުން މައުޟޫޢު ހުށަހެޅުއްވުމަށް ހުޅުވައިލާ ކަމަށެވެ. 
އެ މިނިސްޓްރީން ވަނީ އެ ފުރުސަތު މިނިސްޓްރީގެ ފޭސްބުކް އެކައުންޓްގައި އެކަމަށް ޚާއްސަ ޕޯސްޓްގައި ހުޅުވާލާފަ އެެވެ.
މިހާރުވެސް ވަރަށް ގިނަ ބަޔަކު ވަނީ އެ ޕޯސްޓަށް ކޮމެންޓް ކޮށްފަ އެވެ. ބައެއް މީހުން ވަނީ ވަރަށް މުހިންމު ބައެއް މައުޟޫއުތަކަށް މިހާތަނަށް ޚުތުބާ ދީފައިނުވާކަން ފާހަގަކޮށްފަ އެވެ. އެފަދަ ބައެއް މައުޟޫއުތައް ވެސް ހިމަނާފައިވެ އެވެ.
ބައެެއް ޢިލްމުވެރީން ވެސް ވަނީ އެ ޕޯސްޓަށް ކޮމެންޓްކޮށް މުހިންމު ބައެއް މައުޟޫއުތައް ހިއްސާކޮށްފަ އެވެ. މިއީ ހުކުރު ޚުތުބާ ދޭން ފެންނަ މައުޟޫއުތަކެއް ހިއްސާކުރުމަށް އާންމުންނަށް މިގޮތަށް ފުރުސަތު ދިން ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ