ފަހަތުން އަރައި ބޫޓާން އަތުން 3-1 އިން މޮޅުވެ، ރާއްޖޭން ތާރީހީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ބާކީ މެޗެއް އޮއްވައި ކަށަވަރުކޮށްފި އެވެ.
ސާފް އިން މުޅިން އަލަށް ބާއްވާ ފުޓްސަލް މުބާރާތުގައި ރާއްޖޭން ވަނީ މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް މޮޅުވެފަ އެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި 7-1 އިން ޕާކިސްތާން ބަލިކުރިއިރު، ދެ ވަނަ މެޗުގައި ބަންގްލަދޭޝް އަތުން 6-1 އިން މޮޅުވި އެވެ. ތިން ވަނަ މެޗުގައި، އިންޑިއާ އަތުން 5-0 އިން މޮޅުވިއިރު، ހަތަރު ވަނަ މެޗުގައި ނޭޕާލް އަތުން 2-1 އިން މޮޅުވި އެވެ.
ރާއްޖޭން ފަހު މެޗުގައި ލަންކާއާ ކުޅޭނީ ހޯމަ ދުވަހު އެވެ.
ނޮންތަބުރީީ އިންޑޯ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި، ރާއްޖޭން އެންމެ ފަހުން ކުޅުނު މެޗުގައި، ނޭޕާލެކޭ އެއްގޮތަށް ބޫޓާނުން ވެސް ރާއްޖެއާ ދެކޮޅަށް ނުކުމެ ޑިފެންސަށް ވިސްނައިގެން ކުޅެ، ކައުންޓަ އެޓޭކުގައި ރާއްޖެ އަށް ނުރައްކާ ކުރަމުންދިޔަ އެެވެ. އެ ގޮތުން، ބޫޓާނުގެ ކިންލޭ ރަބްގޭ ފޮނުވާލި ބޯޅައެއް ރާއްޖޭގެ ކީޕަރު، ޒައިދާން އަހުމަދު (އަސޫ) ވަނީ މަަތަކޮށްފަ އެވެ.
ރާއްޖެ އަށް ގެއްލުނު ބޯޅައެއް ހިފައިގެން ބޫޓާނުން ކައުންޓަ އެޓޭކަށް އައިއިރު، ރާއްޖޭގެ އަހުމަދު ހަމީދު (އައްމަޑޭ) އޮތީ އަނިޔާވެގެން ދަނޑުބޭރުގައި ވެއްޓިފަ އެވެ. އެކަމަކު އެ ވަގުތު ލިބުނު ފުރުސަތުގައި ބޫޓާނުން ލީޑުނެގި އެވެ. މިއީ، ނިމާ ވަންގްޑީ ދިން ބޯޅައަކުން، ޖިގްމޭ ޝަލްޓްރިމް ޖެހި ލަނޑެކެވެ.
ފުރަތަމަ ފަހަރަށް ރާއްޖެ ކައިރިން މި މުބާރާތުގައި ޓީމަކުން ލީޑުނެގިއިރު، ރާއްޖޭން އަވަސް އަވަހަށް ބަދަލުތަކެއް ގެެނެސް އެޓޭކުގައި ގިނަ ބޯޅަތަކެއް ކުޅެން ފެށި އެވެ. ނަތީޖާ އަކަށްވީ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް، ބޫޓާނުން ފަހަތަށް ޖެހި ތިބި ގަޑިއެއްގެ ފައިދާނަގައި، ރާއްޖޭން ގޯލެއް ކާމިޔާބުކޮށް އެއްވަރުކުރުމެވެ.
މެޗުގެ 19 ވަނަ މިނިޓްގައި ރާއްޖެ އަށް އެއްވަރުކޮށްދިން ލަނޑު ޖެހީ އަބްދުﷲ ޖުނައިދު (ޖެންނޭ) އެވެ. މިއީ، ހުސެއިން ޝަރީފް (އޮންލީ) އޭރިއާބޭރުން ދިން ބޯޅަައަކުން، ޖެންނޭ އެއް ފަހަރުން ގޯލުގެ މަތީ ކަނަށް ވަނީ އަމާޒުކޮށްލައިފަ އެވެ.
ރާްއްޖޭން ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނިޓް ތެރޭގައި ލީޑުނެގި އެވެ. މިއީ، އޭރިއާ ރޮނގުކައިރިން ލިބުނު ހިލޭ ޖެހުމަކުން، ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން، އައްމަޑޭ ޖެހި ގޯލެކެވެ. އޭގެ ފަހުން، ލީޑުފުޅާކުރަން އިންމި އަށް ލިބުނު ފުރުސަތެއްގައި ބޫޓާންގެ ކީޕަރު ޓަޝީ ނޯބޫ ވަނީ ބޯޅަ ހުއްޓުވައިފަ އެވެ.
އިންމި ވަނީ މެޗުގެ 16 ވަނަ މިނިޓްގައި ރާއްޖޭގެ ތިން ވަނަ ލަނޑު ޖަަހައި ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެެވެ. އޭގެ ފަހުން ޖޭންނޭ ވަނީ ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. އެ ބޯޅަ ވެސް ރާއްޖޭގެ ގިނަ ހަމަލާތަކެއް ހުއްޓުވި ބޫޓާންގެ ކީޕަރު ނޯބޫ ވަނީ މަތަކޮށްފަ އެވެ.
މޮޅުވުމުގެ ރެކޯޑާ އެކު ރާއްޖޭން ތާރީހީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ޗެމްޕިއަންކަން ހޯދައިފި މޮޅުވުމުގެ ރެކޯޑާ އެކު ރާއްޖޭން ތާރީހީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ޗެމްޕިއަންކަން ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ