ފީއަލީ ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ކުރިއަށް ފުލުހުން ގެންގޮސްފި

ވިޔަފާރިވެރިން ހޭލުންތެރިކުރުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފ. ފީއަލީ ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ހަރަކާތެއް އެ ރަށު ޕޮލިސް ޕޯސްޓުން ކުރިއަށް ގެންގޮސްފިއެވެ.
މިއަދު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، މަކަރާއި ހީލަތުން ފައިސާގެ މުއާމަލާތްކުރަމުންދާ މައްސަލަތަކުން ރައްކާތެރިކުރުވުމަށް ކުރެވިދާނެ ކަންތައްތަކާއި، ސެކިއުރިޓީ ބެލެހެއްޓިދާނެ ޒަމާނީގޮތްތަކާއި، ވައްކަމާއި ސްކޭމް ފަދަ ކުށްތަކުން ރައްކާތެރިވުމަށް ކުރާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.
ހަމައެއާއެކު ވިޔަފާރިއާ ގުޅުންހުރި އެހެނިހެން ކަންކަމާ ގުޅޭގޮތުން ވެސް އިރުޝާދުދީ ހޭލުންތެރިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ.
މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް ފުލުހުން އަންނަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ