މިއަދު ކުރިއަށްދާ އިންތިހާބުގައި މެންދުރު 2 ޖެހުމާ ހަމައަށް، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 44 ޕަސެންޓް މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، ވޯޓުލާފައިވާ މީހުންގެ ނިސްބަތް 44 ޕަސެންޓަށް އަރާފައިވާއިރު، އަދިވެސް ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާ މަރުކަޒުތަކުގެ ކިޔޫގައި އެބަތިބި ކަމަށެވެ.
ވޯޓުލާން ދީފައިވާ ވަގުތު ހަމަވާން ކުޑަ ވަގުތުކޮޅަކަށް ވެފައިވާއިރު، ހަވީރު 4:00 ޖަހާއިރު ކިޔޫތައް ބަންދުކުރާނެ ކަމަށް އީސީން ވަނީ އަންގާފައެވެ. އެހެން އިންތިހާބުތަކުގައި ވޯޓުލާ ގަޑި އިތުރުކުރި ނަމަވެސް، މިފަހަރުގެ އިންތިހާބުގައި ގަޑި އިތުރުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ޒާހިދު ވިދާޅުވިއެވެ.
އެހެންކަމުން، ވޯޓުލުމުގެ ހައްގު ނުގެއްލެނީސް ވީހާވެސް އަވަހަކަށް، ހަވީރު 4 ޖެހުމުގެ ކުރިން ކިޔޫއަށް އެރުމަށް އީސީގެ ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ. އުސޫލު އޮންނަ ގޮތުން 4 ޖެހުމުގެ ކުރިން ކިޔޫއަށް އަރައިފިނަމަ އެ މީހަކަށް ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ވޯޓުލާ ގަޑި އިތުރުނުކުރާނެ، ހަވީރު 4 ގެ ކުރިން ކިޔޫއަށް އަރަން އީސީން އެދިއްޖެ އިންތިހާބާ ގުޅިގެން މިހާތަނަށް 36 ޝަކުވާއެއް އީސީއަށް ހުށަހަޅައިފި ޕާޓީތަކުގެ މެދުގައި ހިނގި ހަމަނުޖެހުމަކަށް ފަހު ގައްދޫގައި އަލުން ވޯޓުލާން ފަށައިފި 2 ގަޑިއިރުތެރޭ 13.96 އިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ