ހުރިހާ ވަޒީރުންނަށް ރުހުން ދީފި؛ އެންމެ މަތިން ޒަމީރާއި ހަސަން، ފުލުގައި އަލީ ޝަރީފް

ރައީސް މުހައްމަދު މުއިއްޒު ކެބިނެޓަށް ބަދަލު ގެންނެވުމަށްޓަކައި މި ފަހުން އައްޔަން ކުރެއްވި ހުރިހާ ވަޒީރުންނަށް މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
ވީ ކިހިނެއް؟ - މި މަހުގެ ކުރީކޮޅު ބޭއްވި ހިޔާލު ހޯދުމުގެ ވޯޓާއި ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު، ރައީސް މުއިއްޒު ވަނީ އެ މަނިކުފާނުގެ ކެބިނެޓު 20 އިން 15އަށް ކުޑަ ކުރައްވައި އަލަށް ހަތަރު ވަޒީރުން އައްޔަން ކުރައްވާފަ އެވެ. އަދި ކުރިން ތިއްބެވި ނުވަ ވަޒީރެއްގެ މެންޑޭޓަށް ބަދަލު ގެންނަވައި އެ ބޭފުޅުން ވެސް އަލުން މަގާމަށް އައްޔަން ކުރެއްވި އެވެ.
ތަފްސީލު - އެ 12 ވަޒީރުންނަށް ރުހުން ހޯދުމަށް ރައީސް މަޖިލީހަށް ފޮނުއްވީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު އެވެ. އަދި އެ ނަންތައް ދިރާސާކޮށް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން މިދިޔަ ހޯމަ ދުވަހު ވަނީ އެ ހުރިހާ ވަޒީރުންނަށް ވެސް ރުހުން ދޭން ނިންމާފަ އެވެ. އަދި މިއަދުގެ މަޖިލިސް ޖަލްސާގައި ކޮމިޓީ ރިޕޯޓަށް ވޯޓަށް އެހި އެވެ.
ކެބިނެޓަށް އަލަށް އައްޔަން ކުރެއްވި ފަސް ވަޒީރުން:
އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓަރު ހީނާ ވަލީދު
ކްލައިމެޓް ޗޭންޖު، އެންވަޔަރަމެންޓް އެންޑް އެނާޖީ މިނިސްޓަރު އަލީ ޝަރީފް
ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް
ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރު ގީލާ އަލީ
ޑިފެންސް އެންޑް ނޭޝަނަލް ސާވިސް މިނިސްޓަރު ހަސަން ރަޝީދު
މެންޑޭޓަށް ބަދަލު ގެނެސް އަލުން އައްޔަން ކުރެއްވި ނުވަ ވަޒީރުން:
ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް މިނިސްޓަރު މޫސާ ޒަމީރު
ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން
އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމެންޓް މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
އިކޮނޮމިކް ޑިވެލޮޕްމެންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު
އިސްލާމިކް އެފެއާޒް އެންޑް އެންޑައުމެންޓް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު
ޔޫތު، އެމްޕަވާމަންޓް އެންޑް ފިޓްނަސް މިނިސްޓަރު އަބްދުﷲ ރާފިއު
ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހްމަދު ޝިޔާމް
މި 14 ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުންނަށް ރުހުން ލިބުނީ 70 ވޯޓު މަތިންނެވެ. އެގޮތުން:
އެންމެ މަތިން 76 ވޯޓާ އެކު ރުހުން ލިބުނީ ޒަމީރާއި ހަސަން ރަޝީދަށް
އެންމެ ދަށްކޮށް 64 ވޯޓާ އެކު ރުހުން ލިބުނީ އަލީ ޝަރީފަށް؛ ސޯޝަލް މީޑިއާގައި ކުރިން ގެންގުޅުއްވި ހުތުރު ބަސްމަގާ ގުޅިގެން ފާޑުކިޔުން އަމާޒުވި އެ މިނިސްޓަރާ ދެކޮޅަށް 13 މެންބަރަކު ވޯޓު ދެއްވި
ދެން އެންމެ ދަށްކޮށް ހީނާއަށް 64 ވޯޓާ އެކު ރުހުން ލިބުނުއިރު، ސައީދަށް ލިބުނީ 65 ވޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ