ޑުއަލް ކެމެރާއާއި ލޫމޯ އިންޖީނާއެކު ވަންޕްލަސް 15ޓީ ނެރެނީ
ޑުއަލް 50 މެގަޕިކްސެލް ކެމެރާއާއި ލޫމޯ އިންޖީނާއެކު ވަންޕްލަސް 15ޓީ ނެރޭކަން ޔަގީންވެއްޖެއެވެ. ޗައިނާގައި މާޗް 24 ވަނަ ދުވަހު "ވަންޕްލަސް 15ޓީ" ފޯނު ނެރޭނެކަން އެކުންފުނިން ޔަގީންކޮށްދީފައިވާއިރު، މި ފޯނު ނެރުމުގެ ކުރިން ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ވެއިބޯ މެދުވެރިކޮށް ކުންފުނިން އަންނަނީ ފޯނުގެ މުހިންމު ފީޗާތައް ހާމަކުރަމުންނެވެ. އެގޮތުން އެންމެ ބޮޑު ސަމާލުކަމެއް ދީފައިވަނީ ފޯނުގެ ކެމެރާއަށާއި، އައު 'ލޫމޯ' ލައިޓް ކޮންޑެންސިން އިމޭޖިން ސިސްޓަމަށެވެ. މި ފޯނުގައި 50 މެގަޕިކްސެލްގެ ސޮނީ އަލްޓްރާ ވިޝަން މެއިން ކެމެރާއެއް ހިމެނޭނެއެވެ. ވަންޕްލަސް ކުންފުނިން ބުނާގޮތުގައި މިއީ އަލިކަން ކުޑަ ވަގުތުތަކުގައިވެސް ގިނަ އަލި ނަގައިދީ، ތަފްސީލުކޮށް ފޮޓޯ ނެގުމަށް ފަރުމާކޮށްފައިވާ ކެމެރާއެކެވެ. މީގެ އިތުރުން 3.5 އެކްސް އޮޕްޓިކަލް ޒޫމް އަދި 7 އެކްސް ލޮސްލެސް ޒޫމް ލިބޭ 50 މެގަޕިކްސެލްގެ ޕެރިސްކޯޕް ޓެލެފޯޓޯ ކެމެރާއެއްވެސް މީގައި ހިމެނޭނެއެވެ. މީގެ ސަބަބުން ދުރުގައި ހުންނަ މަންޒަރުތައް ފޮޓޯ ނަގާއިރުވެސް ކޮލިޓީ ދަށްނުވެ ސާފުކޮށް ފެންނާނެކަމަށް އެ ކުންފުނިން ބުނެއެވެ. ފޯނުގައި ހިމެނޭ ލޫމޯ ސިސްޓަމްގެ ސަބަބުން ފޮޓޯގެ ކުލަތައް އިތުރަށް ފުރިހަމަކޮށްދީ، ފޮޓޯގެ ބެލެންސް ހިފަހައްޓައިދޭނެއެވެ. އަދި އަތުގެ އިޝާރާތުން ފަސޭހައިން ފޮޓޯ ނެގޭ 'ޝެޑޯލެސް ކެޕްޗާ' ފީޗާއަކާއި ފޮޓޯ ނެގުމުގެ ކުރިން މަންޒަރު ވަރަށް ސާފުކޮށް ފެންނަ 4ކޭ އަލްޓްރާ އެޗްޑީ ލައިވް ވިއު ސަޕޯޓްވެސް މި ފޯނަށް ލިބިފައިވެއެވެ. މި ފޯނު ނެރުމަށް ހަމަޖެހިފައިވަނީ ޕިއޯ ކޮކޯ، ރިލެކްސިން މާޗާ، އަދި ހީލިން ވައިޓް ޗޮކްލެޓް ކުލައިން --- ފޮޓޯ ވަންޕްލަސް މީގެ އިތުރުން ޕޯޓްރެއިޓް ފޮޓޯ ނެގުމަށް ގުދުރަތީ ރީތިކަމެއް ގެނެސްދޭ 85 މިލިމީޓަރުގެ ފޯކަލް ލެންތަކާއެކު، ކްލެސިކް، ސޮފްޓް ލައިޓް އަދި ފިލްމް ސްޓައިލް ފަދަ ތަފާތު ޕޯޓްރެއިޓް މޯޑުތައް ހިމަނާފައިވެއެވެ. ވަންޕްލަސް އިން ވަނީ މި ފޯނުގެ ޕެރިސްކޯޕް ލެންސުން ނަގާފައިވާ ބައެއް ފޮޓޯތައްވެސް އާންމުކޮށްފައެވެ. ވަންޕްލަސް 15ޓީ އަށް ބާރުދެނީ އެންމެ ފަހުގެ 3 ނެނޯމީޓަރުގެ ސްނެޕްޑްރެގަން 8 އެލީޓް ޖެން 5 ޕްރޮސެސަރުންނެވެ. ގޭމް ކުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ޖީ2 ވައިފައި ޗިޕަކާއި، ޓަޗް ރެސްޕޮންސް އަވަސްކޮށްދޭ "ލިންގްޒީ" ޗިޕެއްވެސް މީގައި ހިމެނެއެވެ. އަދި 1.5ކޭ ރެޒޮލިއުޝަންގައި 165 އެފްޕީއެސް ލިބޭ 'ވިންޑް ޗޭސާ ގޭމިން ކާނަލް' އެއްވެސް ފޯނުގައި އެކުލެވިގެންވެއެވެ. ފޯނުގެ ބެޓެރީ ލައިފަށް ބަލާއިރު، 7،500 އެމްއޭއެޗްގެ ބޮޑު ބެޓެރިއެއް ފޯނުގައި ހިމެނެއެވެ. މިއީ 100 ވޯޓުގެ ވަޔަޑް ޗާޖިން އާއި 50 ވޯޓުގެ ވަޔަލެސް ޗާޖިން އަދި ގޭމް ކުޅޭއިރު ފޯނު ހޫނުވިޔަ ނުދިނުމަށް 'ބައިޕާސް ޗާޖިން' ސަޕޯޓްކުރާ ފޯނެކެވެ. ސޯޅަ ޖީބީއާ ހަމައަށް ރޭމް އަދި އެއް ޓީބީއާ ހަމައަށް ސްޓޯރޭޖް ލިބޭ މި ފޯނު ނެރުމަށް ހަމަޖެހިފައިވަނީ ޕިއޯ ކޮކޯ، ރިލެކްސިން މާޗާ، އަދި ހީލިން ވައިޓް ޗޮކްލެޓް ކުލައިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ