އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް މައުރޫފް ޖަމީލް އައްޔަންކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލް މިއަދު އައްޔަން ކުރައްވައިފިއެވެ.
މައުރޫފް ޖަމީލަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އޭގެ އިތުރުން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ސްޕެޝަލް އެޑްވައިޒަރުކަން ވެސް ކުރައްވައިފައިވެއެވެ. ޑިޒައިން ކުރެއްވުމުގައި ވެސް ކުޅަދާނަ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ މައުރޫފް ޖަމީލް ވަނީ ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު، ޑިޒައިން އެނަރޖީ އެފިޝަންސީ އެވޯޑް ވެސް ހާސިލްކުރައްވައިފައެވެ.
ހުޅުމާލެ ހިއްކި ދުވަސްވަރުން ފެށިގެން އެ ރަށް ތަރައްޤީކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ބޭފުޅުންގެ ތެރޭގައި މައުރޫފް ޖަމީލް ހިމެނިވަޑައިގަންނަވައެވެ. ހުޅުމާލެ ހިއްކަން ފެށިއިރު ކޮންސްޓްރަކްޝަން މިނިސްޓްރީގައި ހުންނަވައިގެން އެ މަޝްރޫޢުގައި މައުރޫފް އިސްދައުރެއް އަދާކުރެއްވިއެވެ. އަދި ރައީސް އޮފީހުގެ ދަށުން ހިންގާ ގޮތަށް ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓް އުފެއްދިއިރު އެ ތަނުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވީ ވެސް މައުރޫފެވެ.
އެޗްޑީސީ އުފެއްދުމާއެކު، އެ ކުންފުނީގެ ސީއީއޯގެ މަޤާމު ދުވަސްކޮޅަކަށް މައުރޫފް ފުރުއްވިއެވެ. ނަމަވެސް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހު ދައުރުގައި ކޮންސްޓްރަކްޝަން މިނިސްޓަރަކަށް އައްޔަންކުރެއްވުމާ ގުޅިގެން އެޗްޑީސީން ވަކިވެވަޑައިގަތެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު ވަނީ އިސްތިއުފާ ދެއްވައިފައެވެ.
ފަޒުލް، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ފޮނުއްވި ސިޓީގައި ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގައި ހޭދަކުރެއްވި މުއްދަތުގައި އޭނާއާ މެދު އެކި ގޮތްގޮތުން ކުރި އަދި މިހާރު އެކިއެކި ޕްލެޓްފޯމްތަކުގައި ކުރަމުންދާ ތުހުމަތުތަކަށް އިންކާރު
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ