ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ދިނުމަށް ހަމަޖެހިފައިވާ "ވޯލްޑް ނޯ ޓޮބެކޯ ޑޭ އެވޯޑް"އަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފިއެވެ.
މި އިނާމު ދެނީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމަށާއި މި މަސައްކަތުގައި ދެމި ތިބުމަށް ހިތްވަރު ދިނުމުގެ މަޤްސަދުގައިކަމަށް އެޗްޕީއޭން ކުރުމަށް ނިންމާފައިވާ ވަރަށް މުހިންމު ކަމެއްގެގޮތުގައި އެ އިދާރާއިން ފާހަގަކުރެއެވެ.
މި އެވޯޑަށް ކުރިމަތިލުމަށް ކުރިން ދީފައިވާ ސުންގަޑިއަކީ މޭ މަހުގެ 3 ވަނަ ދުވަހެވެ. ނަމަވެސް، އެޗްޕީއޭން މިހާރު ވަނީ މި މުއްދަތު 13 މޭ 2026ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ފޯމު ހުށަހެޅޭ ގޮތަށް އިތުރުކޮށްފައެވެ. މިކަން އެއިދާރާއިން ހާމަކޮށްފައިވަނީ އިއްޔެ ނެރުނު ނޫސްބަޔާނެއްގައެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެޗްޕީއޭއިން ވިދާޅުވީ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރީ ވީހާވެސް ގިނަ ފަރާތްތަކަށް ފުރުޞަތު ދިނުމަށް މަށްކަމަށެވެ.
އެޗްޕީއޭން ވިދާޅުވީ މި އެވޯޑަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ހުޝަހަޅަން ޖެހޭ ފޯމު ފުރުއްވުމަށްފަހު، mv.gov.hpa@tobaccofreemaldives އަށް އީމެއިލް ކުރެއްވުމަށެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު އެ އެޖެންސީގެ ފޯނު ނަންބަރު 3024500 އިން ލިބޭނެކަމަށް ވެސް އެއިއުލާނުގައި ވެއެވެ.
ކޮންމެ އަހަރެއްގެ މޭ މަހުގެ 31 ވަނަ ދުވަހަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ފާހަގަކުރާ ދުވަހަށްވާއިރު މި ދުވަސް ދިވެހިރާއްޖޭގައިވެސް ވަރަށް ކުލަ ގަދަ ގޮތެއްގައި ފާހަގަ ކުރަމުން ގެންދެއެވެ. މި އަހަރުގެ މި ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އޮޅުވާލުންތައް ހާމަކޮށްދީ ދުންފަތާއި ނިކޮޓިން އިން ރައްކާތެރިކުރުމެވެ.
ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުމާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު މި ކަން ކަމަށް ބައިނައްލަޤުވާމީ މަސްރަހުގައިވެސް އެތައްބައެއްގެ ތަޢުރީފު ވަނީ ލިބެންފަށާފައެވެ. އެގޮތުން "ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ" ތަންފިޒުކުރަން ފެށުމާ ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ބޮޑު ތަޢުރީފު ލިބިފަވާކަން ތަޢުލީމާ މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވަނީ ފާހަގަކުރަށްވާފައެވެ.
ރާއްޖޭގައި ދުންފަތާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެތެރޭގައި ރާއްޖޭގައި ވޭޕް ނުވަތަ އިލެކްޓްރޯނިކް ސިގެރޭޓު ބޭނުންކުރުމާ ވިޔަފާރިކުރުން މަނާކުރުމާ ދުންފަތުން ނަގާ ޓެކްސް ބޮޑުކޮށް ކޮންޓްރޯލްކުރުން ހިމެނެއެވެ
ނޯ ޓޮބޭކޯ ޑޭ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ