ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބިލް މަޖިލީހަށް ތައާރަފުކޮށްފަ އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ރާއްޖޭގައި ޒާތީ މައުލޫމާތު އެއްކުރުމާއި ޕްރޮސެސްކުރުމާއި ބޭނުންކުރުމުގެ ނިޒާމެއް ގާއިމުކޮށް ޒާތީ މައުލޫމާތު ނިސްބަތްވާ މީހުންގެ ހައްގުތަކާއި މައުލޫމާތު އެއްކުރާ އަދި ޕްރޮސެސްކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅައި އެ ފަރާތްތައް ރެގިއުލޭޓްކުރުމާބެހޭ އުސޫލުތައް ބަޔާންކުރުމެވެ.
ބިލްގެ މަގުސަދުތަކުގެ ތެރޭގައި ޒާތީ މައުލޫމާތު އެހެން ފަރާތްތަކާ ހިއްސާކުރުމާއި ޓްރާންސްފާ ކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި ޒާތީ މައުލޫމާތު ޕްރޮސެސް ކުރުމާ ގުޅޭ ގޮތުން އެ މައުލޫމާތު ނިސްބަތްވާ ޑޭޓާ ސަބްޖެކްޓުންގެ ހައްގުތައް ކަނޑައެޅުން ހިމެނެ އެވެ.
މީގެ އިތުރުން ޒާތީ މައުލޫމާތު ރައްކާތެރިކުރުމަށާއި އެ މައުލޫމާތު ނިސްބަތްވާ ޑޭޓާ ސަބްޖެކްޓުންގެ ހައްގުތައް ރައްކާތެރި ކުރުމުގައި ޕްރައިވަސީ ކޮމިޝަނަރުގެ ދައުރާއި މަސްއޫލިއްޔަތުތައް ކަނޑައެޅުން ހިމެނެ އެވެ.
ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލް މަޖިލީހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ