ސުޕްރިމްކޯޓުގެ ހުސްވެފައިވާ 3 މަގާމަށް އައްޔަން ކުރުމަށް 3 ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ޖުޑީޝަލް ސާރިވިސް ކޮމިޝަންއަށް ފޮނުވައިފިއެވެ.
ރައީސް ކުރެއްވި ޓުވީޓެއްގައި ފޮނުވާފައިވަނީ ޖޭއެސްސީގެ މަޝްވަރާއަށް ފޮނުވާފައިވާ ބޭފުޅުންނަކީ މ.ގުލްފާމްގެ އަޙްމަދު މުޢުތަޞިމް އަދްނާން އަދި ސުޕްރީމް ކޯޓުގެ ފަޑިޔާރުކަމަށް ސ.މީދޫ ހަސަންކާރިގެ ޙުސްނުއްޞުއޫދާޢި މ.ވޭސައިޑް.ޢަބްދުއްރައޫފް އިބްރާހީމް ކަމަށެވެ.
https://twitter.com/ibusolih/status/1200041490963058690
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމު ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 21 ވަނަ ދުވަހުއެވެ.
ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން 3 ބޭފުޅެއްގެ ނަން ރައީސް ފާސްކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހުސްނުއްސުޢޫދަކީ ގެއްލިފައިވާ މަރާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރުމަށް ރައީސުލްޖުމްޙޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރައީސްއެވެ. މުއުތަސިމް އަދުނާން އަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ގާނޫނަށް ބަދަލު ގެނެސް ވަކިކޮށްފައިވާ ބޭފުޅެކެވެ.
އަދި އުއްތަމަ ފަނޑިޔާރަކަށް ރައީސް ރުހުން ދެއްވި ރައޫފް އިބްރާހިމް އަކީ ހައިކޯޓުގެ ފަނޑިޔާރުންގެ ފަރާތުން ޖޭއެސްސީގައި އިންނަވާ ފަނޑިޔާރެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ ވަކިކުރުމުންނެވެ.
އަދި ސުޕްރިމް ކޯޓުގައި ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަކީ މިފަހުން މަޖިލީހުން ވަކިކުރި ކުރީގެ ފަނޑިޔާރު އާދަމް މުހައްމަދުގެ މަގާމާއި އަމިއްލަ ރިޓަޔާ ކުރެއްވި ފަނޑިޔާރު އަބްދުﷲ އަރީފްގެ މަގާމެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ތިން ނަން ރައީސް ފޮނުއްވައިފި، އޭގެ ތެރޭގައި ހުސްނުއް ސުޢޫދު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ