މާލެއިން ފުރައިގެން ޅ. ނައިފަރަށް މިއަދު ދަތުރުކުރި ބޯޓެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފް ކޯސްޓުގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.
ވީ ކިހިނެއް؟ - އެމްއެންޑީއެފްް އިން ބުނީ 40 މީހުންނާ އެކު ދަތުރުކުރަމުންދިޔަ 'ލައިފްލައިން' ބޯޓުގެ އިންޖީނު ހުއްޓުނީ ކ. ކާށިދޫގެ އިރުން ކަމަށެވެ.
ތަފްސީލް - ބޯޓުގެ އިންޖީނު ހުއްޓުމާ ގުޅިގެން، އެ ބޯޓުގައި ތިބި އަންހެނުންނާއި ކުޑަކުދިން ނައިފަރަށް ގެންގޮސްދިނުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަން އިން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފްް އިން ބުންޏެވެ.
އެގޮތުން:
އެ މީހުން ނައިފަރަށް ގެންގޮސްދިނުމުގައި އެމްއެންޑީއެފް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ދެ ހާބާ ކްރާފްޓް ލޯންޗާއި ކޯސްޓްގާޑުގެ ގަލްފް ކްރާފްޓް ލޯންޗެއް އަންނަނީ ހަރަކާތްތެރިވަމުން
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބުނީ ހެނދުނު 8:15 ހާއިރު
ފާހަގަ ކުރެވޭ - މި ދުވަސްވަރު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ދެ ދުވަހު ވެސް ވިއްސާރަކޮށް، މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މާލެއިން ނައިފަރަށް ދަތުރުކުރި ބޯޓެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފްއިން އެހީ ވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ