ފްލެޓަށް ކުލި ނުދައްކާ ނަމަ ކްރެޑިޓް ސްކޯގައި ހިމަނަން ފަށައިފި؛ ލޯނު ނުލިބިދާނެ

ސޯޝަލް ހައުސިން ލިބިފައިވާ މީހުންގެ ތެރެއިން ފްލެޓަށް ފައިސާ ނުދައްކާ މީހުންގެ ކްރެޑިޓް ސްކޯ އިން އެކަން އެނގޭނެހެން ކްރެޑިޓް އިންފޮމޭޝަން ރިޕޯޓުގައި ހިމަނަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ސޯޝަލް ހައުސިން ސްކީމުތަކުން ފްލެޓު ލިބި، އެ ފްލެޓުތަކަށް ފައިސާ ނުދައްކާ މައްސަލަ ބޮޑެވެ. އެންމެ ގިނަ އަދަދެއްގެ ސޯޝަލް ހައުސިން ދޫކޮށްފައިވާ ހުޅުމާލޭގެ ފްލެޓުތަކުން އެޗްޑީސީއަށް 700 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ކުލީގެ ގޮތުގައި ނުލިބި ހުރި ކަމަށް އެ ކުންފުނިން މީގެ ކުރިން ބުނެފައިވެ އެވެ.
ތަފްސީލް - އާންމު ފަރުދުންނާއި ކުންފުނިތަކުގެ ކްރެޑިޓް ސްޓޭންޑިން އަކީ މާލީ އިދާރާތަކުން ދޫކުރާ ލޯނު ހޯދުމުގައި މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ.
ލޯނު ނުވަތަ ކްރެޑިޓަށް ނަގާފައިވާ މުދަލަކަށް ގަވައިދުން ފައިސާ ދައްކަމުން ނުދާ ނަމަ، އޭގެ އަސަރު ކްރެޑިޓް ސްޓޭންޑިންއަށް ކުރާނެ އެވެ.
މަރުކަޒީ ބޭންކު، އެމްއެމްއޭގެ ކްރެޑިޓް އިންފޮމޭޝަން ބިޔުރޯއަށް މައުލޫމާތު ހިއްސާކުރާ އިދާރާތަކުގެ ތެރޭ އެޗްޑީސީ ވެސް ހިމެނެ އެވެ. އެގޮތުން:
އެ ކުންފުންޏަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ މީހުންގެ މައުލޫމާތު އެޗްޑީސީން އެމްއެމްއޭއާ ހިއްސާ ކުރާނެ
އެ މައުލޫމާތަކީ އެހެން މާލީ އިދާރާތަކުން އެ މީހަކަށް ލޯނު ދޫކުރުމުގެ ކުރިން ބަލާނެ މައުލޫމާތު
ގަވައިދުން ފައިސާ ނުދައްކާ މީހުންނަށް ލޯނާއި ކްރެޑިޓަށް މުދާ ލިބުން ދުރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ