ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ދެ މެންބަރެއްގެ މުއްދަތު ހަމަވާތީ އެ ދެ މަގާމަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފި އެވެ.
ކުރީގެ އިއުލާނު ބާތިލުކޮށް އަލުން އެ ފުރުސަތު ހުޅުވައިލާ ރައީސް އޮފީހުން ބުނީ އެ އިއުލާނު ބާތިލުކުރީ އެކަށީގެންވާ އަދަދަށް މީހުން ކުރިމަތިލައްވާފައި ނުވާތީ ކަމަށެވެ. އެހެން ކަމުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން ހުޅުވާލާފައިވާ ކަަމަށެވެ.
މެންބަރުކަމުގެ މަގާމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން 30 ޖުލައި 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް ރައީސުލްޖުމުހޫރިއްޔާގެ އޮފީހުންނެވެ.
މި މަގާމަށް އެދި ހުށަހަޅާ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.
ތަރުހީބެެއް ނުލިބުނު، އެޗްއާރުސީއެމްގެ މެންބަރު ކަމަށް އަލުން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ