ނަމާދުނުކުރާ މީހަކަށްވެގެންވެސް 5 ނަމާދު ހަމައަށް ނުކުރާ މީހަކަށްވެގެންވެސް ސަލާމަތްކަމެއް ނެތް! އެފަދަ މީހަކު މަރުވެއްޖެނަމަ އެމަރުވަނީ މުސްލިމެއްގެ ގޮތަކު ނޫން!: ޝައިޚް ޢާޞިމް އަލްޙަކީމް

ބައެއް މީހުންނަކީ އެއްގޮތަކަށްވެސް ނަމާދުނުކުރާ މީހުންނެވެ. އެމީހުންނަކީ ކާފިރުންނެވެ. ރޯދަހިފައި ޒަކާތްދީ އަދި ޙައްޖުވެފައިވީނަމަވެސްމެއެވެ. މިއީ އަހުރެންގެ ބަހެއް ނޫނެވެ. ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ އެކަން ޙަދިޘްފުޅު ކުރައްވަވާފައި އޮތް ގޮތެވެ.  
ދެން އޮތީ ފަރުޟް 5 ނަމާދަށް ރައްކައުތެރިނުވެ ހިތަށްއަރާ ޢަދަދަކަށް ނަމާދުކުރާ މީހުންނެވެ. އެމީހުންނަކީ މުނާފިޤުންނެވެ. ނަމާދަށް ކަންނެތްވުމަކީ މުނާފިޤުންގެ ސިފައެއްކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ.  
ދެން ނިކަން ބުނެބަލާށެވެ! ފަރުޟް 5 ނަމާދަށް ރައްކައުތެރިނުވާ މީހަކަށް އޮތީ ކޮން ސަލާމަތްކަމެއް ހެއްޔެވެ؟ އެއްގޮތަކަށްވެސް ނަމާދުނުކުރާނަމަ އޭނާއެވަނީ ކާފިރަކަށެވެ. 5 ނަމާދު ހަމައަށް ނުކުރާނަމަ އޭނާއެވަނީ މުނާފިޤަކަށެވެ.  
އަހުރެންގެ އިލްތިމާސަކީ މުސްލިމަކަށްވެ މުސްލިމެއްގެ ގޮތުގައި ހުންނަން ބޭނުންވާނަމަ ފަރުޟް 5 ނަމާދަށް ރައްކައުތެރިވާށެވެ! ނޫނީ އެމީހަކަށް ޤިޔާމަތް ދުވަހު ސަލާމަތްކަމެއް ނެތެވެ. އަދި މިކަމަސްވެސް ވިސްނައިލާށެވެ!  
މީހަކު ނަމާދުނުކުރަނީއެވެ. އެގޮތުގައި ހުއްޓައި އޭނާ މަރުވެއްޖެނަމަ ދެންވާނެ ގޮތަކާއިމެދުގައެވެ. ފަރުޟް 5 ނަމާދު ހަމައަށް އަދާނުކުރާ މީހަކު މަރުވެއްޖެނަމަ ދެންވާނެ ގޮތަކާއިމެދުގައެވެ. އެމީހުންނަށް އޮތް ޙުކުމް ކުރިން މިބަޔާންކުރީއެވެ.
 
- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ