ސްރީ ލަންކާގައި ތިބި ޝާހުގެ ސަޕޯޓަރުންނަށް އުފާޥެރި ޚަބަރެއް
އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ކިންގް ޚާންގެ ލަގަބު ހޯދާފައިވާ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާން އަންނަ މަހު އަވަށްޓެރި ސްރީ ލަންކާއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ލަންކާގައި ނެރޭ ޑެއިލީ މިރާ ނޫހުގައި މިކަމާ ގުޅޭގޮތުން ލިޔެފައިވާ ޚަބަރުގައި ބުނެފައި ވަނީ، ބޮލީވުޑްގެ އައިކަން ޝާހު ލަންކާއަށް ދަތުރުކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހު ކަމަށެވެ. ޝާހުގެ މި ދަތުރަކީ ސްރީ ލަންކާގައި ތަރައްގީކޮށްފައިވާ އިންޓަގްރޭޓެޑް ރިސޯޓު "ސިޓީ އޮފް ޑްރީމްސް" ހުޅުވުމުގެ ރަސްމިޔާތު ޝަރަފުވެރިކޮށްދިނުމުގެ ގޮތުން ކުރާ ދަތުރެއް ކަމަށް ޑެއިލީ މިރާގައި ވަނީ ބުނެފައެވެ. ޝާހު އެކްޓަރުގެ ސަޕޯޓަރުންތަކަކާ އެކު -- ފޮޓޯ/ ޓައިމްސްނައު މި ރަސްމިޔާތު ޝަރަފުވެރިކޮށްދިނުމަށް އެދި ޝާހުއަށް ފޮނުވި ދައުވަތު އެކްޓަރު ގަބޫލުކޮށްފައިވުމާ އެކު މި ހަފުލާ އިންތިޒާމުކުރާ ފަރާތްތަކުން އަންނަނީ އެކަން އިޝްތިހާރު ވެސް ކުރަމުންނެވެ. ސައުތު އޭޝިއާގައި ހުޅުވޭ މިފަދަ ފުރަތަމަ ލަގްޒަރީ އިންޓަގްރޭޓެޑް ރިސޯޓަކީ ޖޯން ކީލްސް ހޯންޑިން (ޖޭކޭއެޗް) އާއި މެލްކޯ ރިސޯޓްސް އެންޑް އެންޓަޓެއިންމަންޓް (އެމްއާރުއީ) ގުޅިގެން ތަރައްގީކޮށްފައިވާ 1.2 ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. ސްރީ ލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު އިންގިލާބެއް ގެންނާނެ ކަމަށް ބެލެވޭ "ސިޓޯ އޮފް ޑްރީމްސް" ހުޅުވުމުގެ ކުލަގަދަ ހަފުލާގައި ބައިނަލްއަޤްވާމީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ އެކްޓަރު ބައިވެރިވުމަކީ މުޅި ދުނިޔެއަށް މި ރިސޯޓު އިޝްތިހާރުކޮށްލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތަކަށްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަންނަ މަހު ޝާހު ލަންކާއަށް ދަތުރުކުރަން ހަމަޖެހިފައިވާއިރު އެކްޓަރު އެންމެ ފަހުން އެ ޤައުމަށް ދަތުރެއް ކޮށްފައި ވަނީ މީގެ 21 އަހަރު ކުރިންނެވެ. އެ އަހަރު ޝާހުގެ ހާއްސަ ޝޯއެއް ލަންކާގައި ދީފައިވާއިރު މިފަހަރު ޝާހު ލަންކާގައި ހޭދަކުރާނީ ކިހާ ދުވަހެއް ކަމެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. މިއީ ސްރީ ލަންކާގައި ދިރިއުޅޭ ޝާހުގެ ސަޕޯޓަރުންނަށް އެކްޓަރު ދެކިލުމަށް ލިބޭ ރަނުގެ ފުރުސަތަކަށްވާނެ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ