މިއަދުން ފެށިގެން ޓީޖީއެސްޓީ 17 ޕަސެންޓް އަށް ބޮޑުވެއްޖެ
ޓޫރިޒަމް ހިދުމަތްތަކުން ނަގާ ޓެކްސް ނުވަތަ ޓިޖީއެސްޓީ ބޮޑު ކުރުމުގެ މާއްދާތަކަށް މިދިޔަ އަހަރުގެ ފަހުކޮޅު މަޖިލީހުން ފާސް ކުރި އިސްލާހުތަކަށް މިއަދު އަމަލު ކުރަން ފެށުމާ އެކު، ރޭ 12 އިން ފެށިގެން އެ ޓެކްސް %17އަށް ބޮޑުވެއްޖެ އެވެ.ޓީޖީއެސްޓީއަށް ކުރިން ނަގަމުން އައީ 16 ޕަސެންޓެވެ. އެއީ 2023 ވަނަ އަހަރުން ފެށިގެން ނަގަމުން އައި ރޭޓެވެ. އޭގެ ކުރިން ޓީޖީއެސްޓީގެ ގޮތުގައި ދައްކަނީ 12 ޕަސެންޓެވެ.ސަރުކާރުން ޓީޖީއެސްޓީއަށް އެއް ޕަސެންޓު އިތުރުކުރަން އިއުލާނުކުރީ މިިދިޔަ އަހަރު އެވެ. އެ ބަދަލު ގެނެސްފައިވަނީ ފިސްކަލް ހާލަތު ރަނގަޅު ކުރުމުގެ ގޮތުން އާމްދަނީ އިތުރުވާނެ ފިޔަވަޅުތައް އެޅުމުގެ ގޮތުންނެވެ.މި ސަރުކާރުން އެއާޕޯޓު ޓެކްސް އާއި ފީ ނެގުމުގެ ގާނޫނަށް އިސްލާހު ގެނެސް، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް)އާއި ޑިޕާޗާ ޓެކްސް ނަގާ މިންވަރު ވަނީ މިދިޔަ ޑިސެމްބަރު އެކެއްގައި އިތުރުކޮށްފައެވެ.ޓޫރިޒަމް ދާއިރާގެ މުހިންމު ޓެކްސްތަކެއް ބޮޑުކުރިއިރު ރާއްޖެއަށް ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީ ދިވެހި ބޭންކުތަކަށް ވައްދަން ލާޒިމުކުރުމާ އެކު ރާއްޖެ އަންނަ ޓޫރިސްޓުންގެ ބޮލަކަށް ވަކި އަދަދަކަށް ޑޮލަރު ދިވެހި ބޭންކުގައި މާރު ކުރަން ވެސް ވަނީ ލާޒިމުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ