ކޮވިޑް-19: ކުމުންދޫ ސްކޫލް މުވައްޒަފުން މިސާލު ދައްކައިފި

ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިވުމުގެ ގޮތުން ކުމުންދޫ ސްކޫލް ގެ ފަރާތުން މާސްކު ފަހައިދިނުމުގެ މަސަތްކަތް ކުރަން ފަށައިފިއެވެ.
މިހާރު ފެތުރެމުންދާ ކޮވިޑް އިން ރައްކާތެރިވުމުގެ ގޮތުން ކުމުންދޫއިން ރައްޔިތުން ކުރިއަށް ގެންދާ މި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބޭ ކަމުގައި އެރަށުގެ ކައުންސިލް އިން ވިދާޅުވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ކުމުންދޫ ކައުނސިލް އިން ވިދާޅުވީ ފެތުރެމުންދާ ވައިރަހާއި ގުޅިގެން ރައްކާތެރިވުމައް އަޅާ މާސްކް ލިބުން ދަތިވެފައި ވާތީ އެރަށުގެ ސްކޫލް މުވައްޒަފުން މާސް ފެހުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ކުމުންދޫ އިން ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އެރަށް ވަނި ވައިރަސް މަލޭގައި ފެތުރެންފެށީންސުރެ 14 ދުވަހުގެ މުއްދަތަށް މާލެއާއި ރިސޯޓްތަކުން ރަަށަށް އަރާ ފަރާތަތަށް ގޭގައި މަޑުކޮށް ބޭރަށް ނުނިކުމަށް އިލްތިމާސްކޮށްފައެވެ.
ކޮވިޑް-19 ފެތުރެމުންދާތީ ކުމުންދޫ ސްކޫލްގެ މުވައްޒަފުން ކުރަމުންދާ މަސައްކަތާއި ގުޅިގެން އެރަށުކައުންސިލް އިން ވަނީ މުވައްޒަފުން ގެ އެހީތެރިކަމަށް ޝުކުރުއަދާކޮށް ހިއްވަރުދެއްވާފައެވެ.
ކޮވިޑް-19 ގެ މި ދަތިހާލުގައި ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައިވެސް ކުމުންދޫ ކައުންސިލް އިން ވަނީ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކާޑާއި ގޭސް އަދި އެހެނިހެން އަސާސީ ތަކެތި ގަތުމައް ދޯންޏެއް މާލެ ފޮނުވުމައް ނިންމާފައެވެ. ކައުންސިލް އިން އިސްނަގައިގެން ކުރާ މި ދަތުރުގެ ތެލާއި އެހެނިހެން ޙަރަދު ހަމަޖައްސައިދެނީ ކައުންސިލުންނެވެ.
ކުމުންދޫ ކައުންސިލް އިން ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިވުމުގެ ފިޔަވަޅުތަކެއް އަޅާފައިވާއިރު، ރަށުން ބޭރުގައި ވަޒީފާއަދާ ކުރާ ފަރާތްތަކުގެ މަޢުލޫމާތު އެއްކުރުމަށް ސާރވޭއެއް ކުރިއަށް ގެންގޮސް ގިނަ މަސަތްކަތް ތަކެއް ކުރަމުންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ