ކަރަންޓީނު ކުރާ އެންމެން ޓެސްޓު ކުރަން ނިންމައިފި

ކޮވިޑް-19 އާއި ގުޅިގެން ކަރަންޓީނު ކުރެވޭ ހުރިހާ އެންމެން ޓެސްޓު ކުރަން ނިންމައިފި އެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިޖީއެމްއެޗްގެ އެެތެެރެހަށީގެ ހާއްސަ ޑޮކްޓަރު އަލީ ލަތީފް ވިދާޅުވީ ކަރަންޓީން ކުރުމަށް ފަހު 14 ދުވަސް ހަމަވުމުން މީގެ ކުރިން ޓެސްޓެއް ނުހަދާ ކަމަށާއި ނަމަވެސް ފާއިތުވެދިޔަ ތަނުގައި ލިބިފައިވާ ތަޖުރިބާގެ އަލީގައި ކަރަންޓީނު ކުރާތާ 14 ދުވަސް ހަމަވުމަށް ފަހު ދެން ދޫކޮށްލާނީ ޓެސްޓް ހެދުމަށްފަހު ކަމަށެވެ.
މިގޮތަށް ނިންމީ މިކަން މިގޮތަށް ކުރެވޭ ވަރަށް ރާއްޖޭގައި ޓެސްޓު ކިޓުތައް ވެސް ހުރުމުން ކަމަށް ޑރ.ލަތީފް ވިދާޅުވިއެވެ.
އިތުރު ތަފްސީލް އަންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ