ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ޝިޔާން މިރޭ "ވަން" އަށް ވިދާޅުވީ އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި ޕޮޒިޓިވްވި ކަމުގެ ނަތީޖާ ލިބިފައިވަނީ މިއަދު ހެނދުނު ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ވިދާޅުވިއެވެ.
ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އޭނާ މިވަގުތު ހުންނެވީ ކަރަންޓީނުގައި ގޭގައެވެ.
ޝިޔާން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވެސް ވަނީ މިދިޔަ ހޯމަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ޝިޔާމްގެ އިތުރުން އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްވެސް ވަނީ މިމަހު ކުރީކޮޅު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ކޮވިޑަށް ޕޮޒިޓިވްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ