18 އަހަރު ނުވާ ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ބަލަނީ

18 އަހަރު ނުވާ ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ ނޯތު ޑިވިޝަން (ނ، ރ، ބ، ޅ) ގައި ހިމެނޭ ރަށެއްގައި މި މަހުގެ 3 ވަނަ ދުވަހު 18 އަހަރު ނުވާ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލައެއް ބަލަމުންދާ ކަމަށެވެ.
އެއީ އެ ރަށު ސްކޫލުގެ ޓީޗަރަކާއި، ފުލުހަކާއި، އިތުރު ބަޔަކުވެގެން ދަރިވަރަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލައެއް ކަމަށް ބައެެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާއިރު އެކަމާ ގުޅިގެން ފުލުހުން ބުނީ އެ މައްސަލާގައި ރޭޕް ކުރިކަމާއި ބައިވެރިވެފައި ވަނީ 3 މީހުންކަން ހެއްކާއި ގަރީނާއާއިއެކު މިހާތަނަށް ފުލުހުންގެ ތަހުގީގަށް ލިބިފައި ނުވާ ކަމަށެވެ.
އެ މައްސަލަ ރިޕޯޓު ކޮށްފައި ވަނީ މި މަހުގެ 11 ވަނަ ދުވަހު ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަކީ ފުލުހުން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާ މައްސަލަތަކެކެވެ. އެހެންކަމުން ކުއްޖާގެ ކަރާމާތް ރައްކާތެރި ކުރުމަށް ކުއްޖާގެ ވަނަވަރު ނުވަތަ ކުއްޖާގެ ރަށާއި އަތޮޅު އަދި މައްސލަަ ހުށަހަޅާ ރަށާއި އަތޮޅު ފުލުހުން އާންމު ނުކުރެއެވެ. މިފަދަ މައްސަލަތަކުގައި ވަނަވަރު އާންމު ކުރުމަކީ ކުށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ