ކަރަންޓީން އުސޫލާއި ޚިލާފުވެގެން ފެނަކަ ޖޫރިމަނާ ކޮށްފި!

އެޗްޕީއޭއިން އަންގާފައިވާ ކަރަންޓީންގެ އުސޫލާ ޚިލާފުވެގެން ފެނަކަ ޖޫރިމަނާ ކޮށްފިއެވެ.
ތިނަދޫ ކައުންސިލުގެ ރައީސް "ވޮއިސް"އަށް މަޢުލޫމާތު ދެއްވި ގޮތުގައި ތިނަދޫގައި ފެށުމަށް ހަމަޖެހިފައިވާ ހޭންޑްބޯލް މުބާރާތެއްގައި ބައިވެރިވެފައިވާ ފެނަކަ ޓީމަށް ކުޅުވުމަށް ފުވައްމަލަކުން ގދ. ތިނަދޫ އަށް ދިޔަ ދެ ކުޅުންތެރިއަކު ކަރަންޓީން އުސޫލާއި ޚިލާފުވުމުގެ ސަބަބުން އެ ކުޅުންތެރިންނާއި ފެނަކަ ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ، ފުވައްމުލަކުގެ މުޖުތަމަޢުގެ ތެރެއިން ކޮވިޑް-19 ފެނިފައިވާތީ އެރަށް މޮނީޓަރިންގ ގެ ހާލަތުގައި އޮތްވާ އެރަށުން ތިނަދޫއަށް ދިޔަ ދެމީހުން ކަރަންޓީނާ ޚިލާފަށް ޓީމުގެ ޕްރެކްޓިސް ގައި ބައިވެރިވެ އަދި ރަށުތެރޭގައި އުޅެފައިވާ ކަން ފާހަގަކުރެވިފައިވާތީ މިހާރު އެމީހުން 10 ދުވަހަށް ކަރަންޓީން ކުރެވިފައިވާ ކަމަށެވެ.
ދާދިފަހުން ތިނަދޫއިން ކޮވިޑްގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން ރަށް ވަނީ މޮނިޓަރިންއަށްވެސް ލާފައެވެ. ބަލި ފެނިފައިވާ ރަށަކުން އެހެން ރަށަކަށް ދާނަމަ 10 ދުވަހަށް ގޭގައި އެކަހެރިވުމަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ