ފައިސާ ޗާޕުކުރާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރު ކޮށްލައިފި

ފައިސާ ޗާޕުކޮށް އެކި މީހުންނަށް ބަދަލުގެ ގޮތުގައި އެ ފައިސާ ބަހާކަމަށްބުނެ ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.
އެ ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ކުރުމަށް ނެގި ވޯޓުގައި އެ ކުއްލި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވާފައިވަނީ ފަސް މެމްބަރުންނެވެ. އަދި ބިލު ބަލައިގަތުމާއި ދެކޮޅަށް 29 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.
ސަރުކާރުން ފައިސާ ޗާޕުކޮށް ސަރުކާރާއި ގުޅުންހުރި ފަރާތްތަކަށް ބަހަމުންދާކަމަށްބުނެ އެކަން ހުއްޓާލުމަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ، ރާއްޖޭގެ އިގްތިސާދު ފުން ވަޅަކަށް ވެއްޓިފައިވާއިރު އެކަމުން އަދިވެސް އަރައިގަނެވިފައި ނުވާކަމަށާއި، މިފަދަ ވަގުތެއްގައި ސަރުކާރުން ކުރިއަށް އޮތް އެއް އަހަރަށް ފައިސާ ޗާޕު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަދި ޝަރުއީ ކޯޓެއްގެ ނިހާއީ ހުކުމެއް ނެތި، ގާތް ފަރާތްތަކަށް ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކުން އެ ފައިސާ ދެމުންގެންދާ ކަމަށްވެސް ކުއްލި މައްސަލައިގައިވެއެވެ. އަދި ރައްޔިތުން ހާލުގައި ތިއްބާ ވަކި ފަރާތްތަކަކަށް ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކެއް ދިނުމަކީ ރައްޔިތުން ކަންބޮޑުވާ ކަމެއްކަމަށްވެސް ކުއްލި މައްސަލައިގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ