ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ގޮނޑި ހުސްވެފައިވާތީވެ އެގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ޑީއާރުޕީ އިން ވާދަނުކުރުމަށް ނިންމައިފި އެވެ.              
ޑީއާރުޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައިވަނީ ބައި އިލެކްޝަން ގައި ބައިވެރިނުވާން ނިންމީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ކައުންސިލްގެ މެންބަރުންނާއި، ޢާއްމުމެންބަރުންގެ މެދުގައި ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވި އެހުރިހާ ފަރާތެއްގެ އިޙްސާސްތަކާ، ޝުޢޫރުތަކަށް ވިސްނުމަށްފަހުގައި ކަމަށެވެ.
މަޖިލީހުގެ ވަކިޕާޓީއަކަށް ނިސްބަތްވާ މެންބަރަކު އެފަދަ އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލުމުގެ ސަބަބުން ހުސްވާ ގޮނޑިއަކަށް ވާދަކޮށް އެގޮނޑި ކާމިޔާބު ކުރުމަށް މަސައްކަތްކުރުމަކީ ޅަފަތުގައިމިވާ ރާއްޖޭގެ ޑިމޮކްރަސީއަށް އެންމެ ފައިދާހުރިގޮތެއް ނޫން ކަމަށް ވެސް ޑީއާރުޕީގެ ބަޔާނުގައިވެ އެވެ.
"އެގޮނޑި މިދައުރުގެ ބާކީއޮތްބައި މަރުހޫމް ޑޮކްޓަރ އަފްރާޝީމް ނިސްބަތްވި ޕާޓީއަށް ފުރުޞަތު ދިނުމަކީ އެންމެ ރަނގަޅު އުސޫލެވެ. އަދި ޑީއާރުޕީގެ މިނިންމުން މިގޮތަށް ނިންމާފައިމިވަނީ މަރުޙޫމް ޑޮކްޓަރ އަފްރާޝީމް ޢަލީ އެގޮނޑިއަށް އިންތިޚާބުވެވަޑައިގަތީ ޑީއާރުޕީގެ ޓިކެޓެއްގައި ކަމުގައިވާތީ، އެމަނިކުފާނަށް ޑީއާރުޕީގެ މެންބަރުންގެ ހިތުގައިއޮތް ލޯތްބާ، އިޙްތިރާމާ، ޤަދަރު ހާމަކޮށްދިނުމުގެ ގޮތުންނެވެ." ޑީއާރުޕީން ނެރުނު ބަޔާނުގައިވެ އެވެ.
އުނގޫފާރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރާނެ ކަމަށް މިހާތަނަށް ބުނެފައި ވަނީ ޕީޕީއެމާއި އެމްޑީޕީންނެވެ.
    
    އުނގޫފާރު ދާއިރާގެ ބައި އިލެކްޝަންގައި ޑީއާރުޕީން ވާދަނުކުރަން ނިންމައިފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
             
             
             
             
            