އުމުރުން 103 އަހަރުގެ މީހަކު ޑިޕްލޮމާ ހާސިލްކޮށްފި

އެމެރިކާގެ ވިސްކޮންސިން ގައި އުމުރުން 103 އަހަރުގެ އަންހެނަކު ހައި ސުކޫލް ޑިޕްލޮމާ އެއް ހާސިލްކޮށްފިއެވެ.
މާރީ ހަންޓް ކިޔާ އަންހެން މީހާ ގްރޭޖްއޭޓް ވެފައި ވަނީ އޭނާ ކިޔެވުން ހުއްޓާލިތާ 87 އަހަރު ފަހުން އަނެއްކާވެސް ކިޔެވުން ފުރިހަމަ ކުރުމުންނެވެ.
ހަންޓް މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ގްރޭޑް 8 އާއި ހަމައިން މިޑްލް ސުކޫލް ނިންމާލުމަށް ފަހު ތައުލީމީ ހަޔާތް ނިންމާލަން އޭނާ އަށް މަޖުބޫރުވި ކަމަށެވެ. އޭނާގެ ކުޑައްތިބި އެއްބަނޑު އެއްބަފާ އަށް ކުދިންގެ ކަންތައްތައް ބަލަހައްޓާ އެކުދިންނަށް އެހީތެރިވުމުގައި އުޅެން ޖެހުމުން ސުކޫލަށް ދާނެ ވަގުތެއް ނުވީކަމަށް ހަންޓް ބުންޏެވެ.
އޭނާ ބޭނުންވި ފަދަ އުފާވެރި ދިރިއުޅުމެއް އޭނާ އަށް ލިބުނު ކަމަށާއި ނަމަވެސް ހައި ސުކޫލް ނިންމާ ނުލެވުނީތީ އަބަދުވެސް އެކަމާ ހިތާމަ ކުރިކަމަށް ހަންޓް ބުންޏެވެ.
"އަހަރެން އަބަދުވެސް ބޭނުންވި މިކަން ކުރަން. އަހަންނަށް އެފުރުސަތު ނުލިބުނީ. އެހެންނަމަވެސް 100 އަހަރު ފަހުން މިހާރު އަހަރެން މިހުރީ ގްރެޖްއޭޓް ވެފައި" ގްރެޖްއޭޓް ވުމުން ވަރަށް އުފާވެފައި ހުރެ އޭނާ މިހާރު ދިރިއުޅޭ ނާސިން ހޯމްގައި އިނދެ ހަންޓް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ