ގެއްލުނު ނޫސްވެރިޔާ ހޯދުމުގެ މަސައްކަތް ވަރަށް ސީރިއަސްކަމާއެކު ދަނީ ކުރަމުން - އުމަރު

މިނިވަން ނޫހުގެ ނޫސްވެރިއެއް ކަމަށްވާ އަހުމަދު ރިޟްވާން އަބުދުﷲ ހޯދުމުގެ މަސައްކަތް ފުލުހުން ވަރަށް ސީރިއަސްކަމާއެކު ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު އޭނާގެ ޓްވިޓާ އެކައުންޓްގައި ވިދާޅުވެފައިވަނީ ނޫސްވެރިއަކު ގެއްލިގެން އެކަން ފުލުހުންނަށް ހުށައަޅާފައިވާ ކަމަށާއި އަދި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަރަށް ސީރިއަސް ކަމާއެކު ކުރަމުން އަންނަ ކަމަށެވެ. އަދި ނޫސްވެރިންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކާ ކުރެވެން އޮތް ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށް ވެސް މިނިސްޓަރު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.
މިނިވަން ނޫހުގައި ބުނެފައި ވަނީ ހުސްވި ހަފްތާގެ ބުރާސްފަތި ދުވަހުގެ ފަހުން ރިޟްވާންގެ އެއްވެސް ޚަބަރެއްއޭނާގެ އާއިލާ އާއި އެކުވެރިނަށް ވެސް ވެފައި ނުވާ ކަމަށެވެ.
ރިޟްވާންގެ ސޯޝަލް މީޑިއާގެ އެއްވެސް އެކައުންޓެއް ވެސް ބުރާސްފަތި ދުވަހުގެ ފަހުން ބޭނުން ކޮށްފައި ނުވާ ކަމަށް ވެސް މިނިވަން ނޫހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ