ޕްރޮގްރެސިވް ޕާޓީ އޮފް ދި މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަކީ ކުރީގެ ރައީސް މައުމޫން ކަން އަންގައިދޭ ލިޔުން ހޯދުމަށް ރައީސް މައުމޫން ދެ ވަނަ ފަހަރަށް އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފިއެވެ.
ޕީޕީއެމްގެ ރައީސް އަކީ މައުމޫން ކަން އަގައިދޭ ލިޔުން ޕީޕީއެމް މެދުވެރިކޮށް ހޯދުމަށް އީސީ އިން ރައީސް މައުމޫން އަށް އަންގަވާފައި ވަނިކޮށް ދެ ވަނަ ފަހަރަށް ވެސް ރައީސް މައުމޫން އީސީ އިން ލިޔުން ހޯދުމަށް އެދިވަޑައިގެން ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ ލިޔުން ބޭނުންވަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހުށަހެޅުމަށް ކަމަށެވެ.
ރައީސް މައުމޫނުގެ ސިޓީއާ ގުޅިގެން އިއްޔެ އިލެކްޝަންސް އިން ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުގެ މައުލޫމާތު އާންމު ފަރާތްތަކާއި، އެ ޕާޓީއެއްގެ މެންބަރުންނާއި، އެ ޕާޓީގެ މަގާމުތަކުގައި ތިބި މެންބަރުންނާއި އެނޫން ވެސް ފަރާތްތަކާ ހިއްސާކުރާނީ އެ ޕާޓީއަކުން ކަމަށެވެ. ޕާޓީން އެފަދަ މައުލޫމާތެއް ނުލިބެއްޖެ ނަމަ ކޮމިޝަނުން އެކަމުގައި އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަމަށް ވެސް އެ ސިޓީގައި ބުނެފައި ވެއެވެ.
އެ ސިޓީގައި ވަނީ އެ ލިޔުން ހޯއްދަވަނީ ސިވިލް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހުށަހެޅުއްވުމަށް ކަމަށެވެ. އަދި އެ ލިޔުމުގެ އިތުރުން 2013 ވަނަ އަހަރު ބޭއްވި އެ ޕާޓީގެ ފުރަތަމަ ގައުމީ ޖަލްސާގެ ޔައުމިއްޔާ ގެއްލިފައިވާތީ އެ ޔައުމިއްޔާގެ ކޮޕީއެއް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.
ޕީޕީއެމްގެ ރައީސް އަކީ މައުމޫން ކަން އަގައިދޭ ލިޔުން ހޯއްދަވަން މައުމޫން އަނެއްކާ ވެސް އީސީ ގައި އެދެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ