ވެރިޔަކު ނުވާ ފޮށިގަނޑެއްގެ ތެރެއިން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި

ކަނޑުހުޅުދުއަށް ދަތުރުކުރަމުން އަންނަ އެ އަތޮޅު ފެރީގައި އެރަށަށް އެތެރެކުރަން އުޅުނު ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިތަކެތި ފެނިފައި ވަނީ އެ ފެރީ ކަނޑުހުޅުދުއަށް ގާތްކުރި ވަގުތު ފުލުހުން ފެރީއަށް އަރައި، ބަލައިފާސްކުރިއިރު އޭގައި ހުރި ވެރިޔަކު ނުވާ ކަރުދާސް ފޮށިގަނޑެއްގެ ތެރެއިން ކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ އެ އޮޕަރޭޝަނަކީ، ގއ. އަތޮޅު ފެރީގައި ކަނޑުހުޅުދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، އެރަށު ޑެސްކުގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން މާރިޗު 25 ވަނަ ދުވަހުގެ 18:40 ހާއިރު ހިންގ އޮޕަރޭޝަނެއް ކަމަށެވެ.
ނަމަވެސް މި އޮޕަރޭޝަނުުގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ. ގއ. ގެމަނަފުށި ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ މި މައްސަަލަ ތަހުޤީޤު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ