މުޅި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ

މުޅި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެއެވެ.
ދާދި ދެންމެއަކު ހުޅުމާލެއިން ކަރަންޓް ކެނޑިފައިވާ އިރު، މުޅި ހުޅުމާލެއިން ކަރަންޓް ގޮސްފައި ވަނީ ކޮން ސަބަބަކާ ހުރެކަމެއް އަދި އެނގިފައެއް ނުވެއެވެ. ކަރަންޓް ގޮސްފައި ވަނީ ގާތް ގަނޑަކަށް މިރޭ 10:10އެއް ހާއިރުއެވެ. އަދިވެސް ކަރަންޓް އައިސްފައެއް ނުވެއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑުމުގެ ޝަކުވާ ފަހަކަށް އައިސްވަނީ ބޮޑުވެފައެވެ. އެގޮތުން ރާއްޖޭގެ އެންމެ ބޮޑެތި ސަރަހައްދުތަކަށްވެސް ކަރަންޓްގެ މައްސަލަތައް ވަނީ ދިމާވެފައެވެ. އޭގެ ތެރޭގައި އައްޑުއާއި ލ. ގަން އަދި ދ. ކުޑަހުވަދޫވެސް ހިމެނެއެވެ.
ތަފްސީލު އަންނަނީ....
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ