ފިލްމު "އަންދާދުން" ކޮރެއާގައި އަޅުވަން ނިންމައިފި

މިދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "އަންދާދުން" ކޮރެއާގައި އަޅުވާ ގޮތަށް ހަމަޖައްސައިފިއެވެ. އެ ފިލްމު ވަނީ މީގެ ކުރިން ޗައިނާގައި އެޅުވުމަށްފަހު ޗައިނާގައި 300 ކުރޯޑުގެ އާމްދަނީ އެއް ހޯދާފައެވެ. މި މަހު 28 ގައި ފިލްމު ދެކުނު ކޮރެއާގައި އަޅުވަން މުނިންމާފައިވާކަމަށް ކްރިޓީކް ތަރަން އާދަޝް ކުރި ޓްވީޓެއްގައި ވަނީ ހާމަކޮށްފައެވެ. އެ ގައުމުގެ 90 އަށް ވުރެ ގިނަ ސިނަމާގައި ފިލްމު ދައްކަން ވަނީ ހަމަޖެހިފަ އެވެ. އެކްޓަރު އަޔޫޝްމަން ކުރާނާ އަށް ނެޝަނަލް އެވޯޑްގެ އެންމެ މޮޅު އެކްޓަރުގެ މަގާމު ވެސް ކަށަވަރުވެފައިވާ އެ ފިލްމަކީ ލޮލަށް ނުފެންނަ ކަމަށް ހެދިގެން އުޅޭ ޕިއާނޯ ކުޅޭ މީހަކަށް ފެންނަ މަރެއްގެ ސަބަބުން ހިނގާ ކަންތައްތަކެއް ފެނިގެންދާ ފިލްމެކެވެ. https://twitter.com/taran_adarsh/status/1164862434185580545 ފިލްމުގައި އާޔޫޝްމަން އަދި ތާބޫގެ އިތުރުން، ރާދިކާ އަޕްޓޭ އާއި އަނިލް ދަވަންގެ މުހިންމު ރޯލެއް ވެސް ހިމެނެއެވެ. ކްރިޓީކުންނާއި ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އެ ފިލްމަށް ވަނީ ތަފާތު އެކި އެވޯޑުތައް ވެސް ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ