ގެއްލެމުންދިޔަ ގައުމިއްޔަތު ނަގަހައްޓައި ގެނެސްދިނީ ވަހީދު - ގާސިމް

މީގެކުރިން ގައުމުގެ ބަނަވެފައިވާ އިގްތިސޯދާއި ނިކަމެތިވެފައިވާ އިގުތިސޯދާއި ގެއްލެމުންދިޔަ ގައުމިއްޔަތު ނަގަހައްޓާދީ މިހާހިސާބަށް ގެނެސްދެއްވީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
އދ.މާމިގިލީ އެއާޕޯޓު އިންޓަނޭޝަނަލް ކުރުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ އެމަނިކުފާނާއި ސަރުކާރުގެ ކެބިނެޓް މެންބަރުން ބޭފުޅުން މިއަދު ކުރައްވަމުން ގެންދަވަނީ ވަރަށް އިޙްލާސްތެރި މަސައްކަތްޕުޅުތަކެއް ކަމަށެވެ.
އެގޮތުން ރާޢްޖޭގެ ގައުމިއްޔަތާއި މިނިވަންކަމާއި އިސްގުލާލުގެ އިތުރުން އިގްތިސޯދަށް އަންނަމުންދާ ހެޔޮ ބަދަލުތަކަކީ ރައީސް ޑރ.ވަހީދާއި ކެބިނެޓުގެ ވަޒީރުންގެ މަސައްކަތުން އަންނަ ބަދަލުތަކެއް ކަމަށް ވިދާޅުވެ ގާސިމް މިއަދު ވަނީ ސަރުކާރުގެ އިސް ބޭފުޅުންނަށް ތައުރީފްކުރައްވާ ވާހަކަދައްކަވާފައެވެ.
"އިހަށް ދުވަހު އަޅުގަނޑުމެން ގައުމުގެ ބަނަވެފައިވާ އިގުތިސޯދު، އަޅުގަނޑުމެންގެ ނިކަމެތިވެފައިވާ މިނިވަންކަން، ގެއްލެމުންދާ އަޅުގަނޑުމެންގެ ގައުމިއްޔަތު ނަގަހައްޓާދީ މިހާ ހިސާބަށް ގެނެސްދެއްވީ ކޮން ބޭފުޅެއްތޯ؟، އާދެ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު، އެކަމަށްޓަކައި އަޅުގަނޑުމެން ދިވެހި ރައްޔިތުން ދަރާފައިވާ ދަރަނި އަދާކުރަން އަޅުގަނޑުމެން އަވަސްވެގަންނަން، އަޅުގަނޑުގެ އަމިއްލަ ހައިސިއްޔަތުން." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނު ޙުޝާމަދު ކުރަންޖެހޭ މީހެއް މިދުނިޔޭގައި ނެތް ކަމަށާއި އެމީހަކު ކުރި ހެޔޮ ކަންތައްތަކުގެ ވާހަކަ އަބަދުވެސް ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އަދި އެމަނިކުފާނު ގަބޫލުކުރާ ދެރަ ކަންތައްތަކެއްކޮށްފިއްޔާ އެވާހަކަވެސް ވަކި މިންވަރެއްގައި ބުނަމުންދާ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރައީސް ޑރ.ވަހީދަކީ ތަރައްގީގެ ވިސްނުން ގެންގުޅޭ އަޅުގަނޑުމެންގެ ގައުމުގެ ސަލާމަތާއި އަމާންކަމުގެ އިތުރުން މިނިވަން ކަމާއި އިސްތިގުލާލް ދަމަހައްޓަން މަސައްކަތްކުރައްވާ ވެރިއެއް ކަމަށެވެ.
ވިލާ އިންޓަރނޭޝަނަލް އެއާރޕޯޓް އިފްތިތާޙްކުރުމާއި ގުޅިގެން ގާސިމް ވިދާޅުވީ މިއީ ދައުލަތަށް އެތައް ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.
އެގޮތުން އެއާޕޯޓުން ތެޔޮ ވިއްކައިގެން ލިބޭ ކޮންމެ ޓާންއޯވާއަކަށް %6 އަކީ ސަރުކާރުގެ މިލްކެއްގެ ގޮތުގައި ހަމަޖައްސާދޭނެ ކަމަށާއި މިއަދުން ފެށިގެން އެއާޕޯޓަށް ޓާންއޯވާއަށް ލިބޭ ކޮންމެ އެއްޗެއްގެ %2 އަކީ ވެސް ސަރުކާރަށްދޭ އެއްޗެއް ގޮތުގައި ހަމަޖައްސާ ދެ އަހަރު ނޫނީ ތިން އަހަރު ފަހުން އޭތި %3 އަށް އިތުރުކޮށްދީ ނެޓް ޕްރޮފިޓްގެ %15 ވެސް ދައުލަތުގެ އާމްދަނީގެ ތެރެއަށް ވަދެގެން ދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ