ގައުމީ އިއްތިހާދު ޕާޓީގެ ހަތަރު ކައުންސިލަރަކު ޕީޕީއެމްއަށް ސޮއި ކޮށްފިއެވެ.
ޕީޕީއެމްއަށް ސޮއި ކޮށްފައި ވަނީ ކ.ގުރައިދޫ ކައުންސިލްގެ ރައީސް ހުސެން ޔާމީން އާއި ނައިބު ރައީސް އަހްމަދު ލިއުޝާން އާއި ކައުންސިލް މެންބަރު އަހްމަދު ރިޔާޒް އާއި ގުރައިދޫ ދާއިރާގެ އަތޮޅު ކައުންސިލް މެންބަރު އިބުރާހިމް ޝަލީޒް އެވެ.
މިބޭފުޅުން ޕީޕީއެމްއަށް ސޮއި ކުރައްވާފައި ވަނީ ގުރައިދޫގައި މިއަދު ޕީޕީއެމްގެ ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައެއްވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް ވަނީ ގުރައިދޫގެ ބަނދަރު ހަލާކުވެފައިވާ ކަން ފާހަގަކުރައްވާ އެކަމަށް ހައްލެއް ގެނެސްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.
ގައުމީ އިއްތިހާދު ޕާޓީގެ ހަތަރު ކައުންސިލަރަކު ޕީޕީއެމްއަށް ސޮއި ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ