މާދަމާ ވޯޓް ދޭގޮތަކުން އަަޅުގަނޑުގެ މުދާތަކުގެ ދުވަސް ދުއްވާލަފާނެ - ގާސިމް

17:49
ޕީޕީއެމްގެ ރެލީ ޖޭޕީގެ މައިޖަގަހަ ކަމުގައިވާ ކުނޫޒް ކައިރިއަށް މަޑުކޮށް ހާއްސަ ދުޢާއެއް ކުރަން ފަށައިފި.
17:40
ނަޝީދު ވާހަކަފުޅު ނިންމަވާލެއް ވުމަށްފަހު ވަޑައިގެންފި.
17:39
ނަޝީދު: މާދަމާ އަނެއްކާވެސް އަޅުގަނޑުމެން ހެޔޮ ވެރިކަމެއް ގާއިމް ކުރާނަން. އަޅުގަނޑުމެން މިދިގު ދަތުރު ގައި ތިބޭފުޅުން ތިކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާ މާދަމާ ފެންނާނެ.
17:38
ރައީސް ނަޝީދު އެމްޑީޕީގެ ސަޕޯޓަރުންނާއި މުޙާތަބު ކުރަން ފަށައިފި.
17:34
އެމްޑީޕީ ސަޕޯޓަރުން ޕެރޭޑް ނިންމުމަށް ރާޅުގަނޑަށް ޖަމާވެއްޖެ.
17:30
17:26
ޑރ.ޖަމީލް: މާދަމާ ނުކުންނައިރު ރައްޔިތުން ބަލަންވީ ފުލުހުންނަށް އަނިޔާކުރަން ގޮވާލީ ކާކުތޯ؟ ފުލުހުންގައިގަ ތަޅަން ނަޝީދު ބުނި. ފުލުހުންގައިގަ ތަޅަން ބުނި މީހަކަށް ފުލުހުންނާއި ފުލުހުންގެ އާއިލާތަކުން ވޯޓް ނުދެއްވާނެ. ކެނޑިޑޭޓް ނަމްބަރ 3 ވޯޓް ދެއްވާ. މާދަމާގެ ވޯޓަކީ ދިވެހި ރާއްޖޭގެ ފަނޑިޔާރުންނާއި ޤާނޫނުތަކުގެ ހިމާޔަތުގަ ދެއްވާ ވޯޓަކަށް ހައްދަވާ.
17:23
އައްޑޫ ސިޓީގައި ކުރިއަށްދާ އެމްޑީޕީގެ ވެހިކަލް ބުރެއްގައި އެޕާޓީގެ ރަނިންގް މޭޓް ޑރ.ލުތުފީ އާއި ސަޕޯޓަރުން ދަނީ ބައިވެރިވަމުން.
17:09
ގާސިމް: އަޅުގަނޑަކީ ހިޔާނާތްތެރި އެއް ނޫން. އަޅުގަނޑު ދުވަހަކުވެސް ގައުމަށް ހިޔާނާތްތެރި އެއް ނުވާނަން. މާދަމާ ވޯޓް ދޭގޮތަކުން އަޅުގަނޑުގެ މުދާތަކުގެ ދުވަސް ދުއްވާލަފާނެ. އަޅުގަނޑަށް ވޯޓް ދެއްވި ރައްޔިތުން ޔާމިނަށް ވޯޓްދެއްވަން ދަހިވެތި ވާނެ. މީ ރައްޓެހި ކަމަށް ބަލަންވީ ވަގުތެއް ނޫން. މީ ގައުމާއި މިގައުމަށް ބަލަންވީ ވަގުތު. އަޅުގަނޑަށް ޓަކައި ޔާމިނަށް ވޯޓް ދެއްވާ.
17:05
ގާސިމް: ނިކަމެތި ކަމަކަށް ގައުމު ވައްޓާލާ ދިވެހި ރައްޔިތުންނަށް ދެރައެއް ދޭކަށް ބޭނުމެއް ނޫން. އަޅުގަނޑަށް ދުވަހަކުވެސް ރައްޔިތަކަށް ކަމެއް ކޮށްދެވިފައިވާނަމަ ޔާމިނަށް ވޯޓް ދެއްވާ. ޔާމީންގެ ވެރިކަމެއްގައި އަޅުގަނޑުމެންގެ ޕާޓީއިން އެމަނިކުފާނަށް އެއްބާރުލުން ދޭނަން. އެއީ ޤާނޫނު އަސާސީ އިސްލާހް ކުރަން ކަމަށް ވިޔަސް އަޅުގަނޑުމެން މިތިބީ ތައްޔާރަށް.
17:02
ޕީޕީއެމްގެ ވެހިކަލް ބުރު ކުރިއަށް ދާއިރު އެމްޑީޕީގެ ސަޕޯޓަުން މާލޭގެ އެކި ސަރަހައްދުތަކަށް ނިކުމެ ދަނީ އަޑުއުފުލަމުން.
17:01
ގާސިމް: އަޅުގަނޑު ކެނޑިޑޭޓް ނަމްބަރު ހަތަރަކަށް ވޯޓް ނުދޭން ނިންމީ މިގައުމުގެ ސަލާމަތާއި އަމާންކަމަށްޓަކައި. އިސްލާމް ދީން ދެމެހެއްޓުމަށްޓަކައި. އަޅުގަނޑަށް ވޯޓް ދެއްވި ހުރިހާ ބޭފުޅުން ޔާމިނަށް ވޯޓް ދެއްވުމަށް އާދޭހާއި އެކު ދަންނަވަން.
16:58
ޕީޕީއެމްގެ ވެހިކަލް ބުރު ކުރީ ސަފު މަޖީދީ މަގުން ޗާންދަނީ މަގާއި ހަމަވެފައި ވާއިރު ވެހިކަލް ބުރުގެ އަނެއްކޮޅު އޮތީ އާޓިފިޝަލް ބީޗާއި ހިސާބުގައި.
16:56
މަދަނީ އަބުދުﷲ: މާޒީ ތަކުރާރު ނުކުރުމަށް އަޅުގަނޑުމެންގެ ކެނޑިޑޭޓަށް ވޯޓްދެއްވާ. މާދަމާ ޖަހާ ފާހަގައަކީ މިރާއްޖޭގައި އިސްލާމްދީން އޮތުމާއި މެދު ޖަހާ ފާހަގައެއް. ކެނޑިޑޭޓް ނަމްބަރ 3 ވޯޓް ދެއްވައިފިނަމަ އެއީ އިސްލާމް ދީން ބޭއްވުމަށް ދެވޭ ވޯޓެއް. އެނޫން ނަމްބަރަކަށް ވޯޓް ދެއްވައިފިނަމަ އެއީ އެހެން ދީންތަކަށް ދެވޭ ވޯޓެއް. ރައްޔިތުން ވިސްނާ.
16:50
ޕީޕީއެމްގެ ވެހިކަލް ބުރުގައި ޕިކަޕްތައް ވެސް ބައިވެރިވަމުން ދާއިރު ފައިމަގުގަވެސް އެތައް ސަތޭކަ ބަޔަކު ދަނީ ބައިވެރިވަމުން.
16:49
16:48
16:43
ޔާމީން އާއި ގާސިމް އާއި ސިޔާސީ ލީޑަރުން ތިއްބެވީ ޕިކަޕެއްގައި. ޕީޕީއެމްގެ ވެހިކަލް ބުރުގައި ބައިވެރިވަމުންދާ ސައިކަލް ދެހާހަށްވުރެ ގިނަ ވާނެ. ވެހިކަލްތައް މިހާރު ދަނީ މަޖީދީ މަގުން މާފަންނާވީ ކޮޅަށް.
16:38
ޕީޕީއެމްގެ ވެހިކަލްބުރު ނައްޓާލުމް ލަސްވަމުން ދަނީ މީހުން ގިނަވެ ވެހިކަލްތައް މަޑުވަމުން ދާތީ ކަމަށް ޕީޕީއެމް އިން ބުނޭ.
16:34
ޕީޕީއެމްގެ ވެހިކަލްބުރު ނައްޓާލުމް ލަސްވަމުން ދަނީ މީހުން ގިނަވެ ވެހިކަލްތައް މަޑުވަމުން ދާތީ ކަމަށް ޕީޕީއެމް އިން ބުނޭ.
16:23
ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ޔާމީން އާއި ޖޭޕީގެ ލީޑަރު ގާސިމް އިބުރާހިމް ބައިބަލާ ކުޅޭ ސަރަހައްދަށް ވަަޑައިގެންފި. ޕީޕީއެމް އާއި ގުޅިފައިވާ ޕާޓީ ތަކުގެ ލީޑަރުންނާއި ކައުންސިލް މެންބަރުންނާއި ސަރުކާރުގެ ވަޒީރުންނާއި. ގިނަ އަދަދެއްގެ މީހުން ވަނީ މިސަރަހައްދަށް އެއްވެފަ.
16:15
16:13
އެމްޑީޕީގެ ޕެރޭޑް ރާޅުގަނޑުން ފަށައިގެން އަމީނީ މަގުން ދަނީ
16:05
މާދަމާ ބާއްވާ ރިޔާސީ އިންތިޙާބުގެ ދެވަނަ ބުރުގައި ވާދަކުރަށްވާ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް އާއި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދުގެ ކެމްޕޭންގެ އެންމެ ފަހުގެ ހަރަކާތްތައް ފަށައިފި.
ޕީޕީއެމްގެ އެންމެ ފަހުގެ ކެމްޕޭން ހަރަކާތްތަކަށް ބައިބަލާ ސަރަހައްދަށް މީހުން ޖަމާވަމުން ދާއިރު ޕީޕީއެމް އިން ބާއްވަން ހަމަޖައްސާފައި ވަނީ ވެހިކަލް ބުރެއް. އަދި ޕީޕީއެމް އިން ކެމްޕޭން ނިންމާލަނީ ހާއްސަ ދުޢާއަކުން ކަމަށް ޕީޕީއެމް އިން ބުނޭ.
އެމްޑީޕީ އިން ކެމްޕޭން ހަރަކާތް ނިންމާލުމުގެ ގޮތުން ބާއްވާނީ ހާއްސަ ޕެރޭޑެއް ކަމަށް އެޕާޓީން އިން ބުނޭ.
އިތުރު ތަފްސީލް އަންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ