ކައުންސިލް އިންތިހާބު ކޮށްދޭންވީ ޖިހާދެއްގެ ގޮތުގައި - އަބްދުއްރަހީމް އަބްދުﷲ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ކައުންސިލް އިންތިހާބު ކާމިޔާބު ކާމިޔާބު ކޮށްދޭންވީ ޖިހާދެއްގެ ގޮތުގައި ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއިން "ހޭވައްލާ" ގެ ނަމުގައި މިރޭ ކުރިއަށް ގެންދާ ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން, އަބްދުއްރަހީމް ވިދާޅުވީ ކައުންސިލް އިންތިހާބު ކާމިޔާބު ކޮށްދޭންވީ, ގައުމީ އަދި އަމިއްލަ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ.
ކުރާ ޖިހާދެއްގެ ގޮތުގައި އިންތިހާބު ކާމިޔާބު ކުރަންޖެހެނީ އަންނަންޖެހޭ ތަރައްގީއަށްޓަކައި ކަމުގައި ވިދާޅުވެ އަބްދުއްރަހީމް ވިދާޅުވީ, ސަރުކާރު ހިންގާ ޕާޓީގެ ކައުންސިލް މެންބަރުން ހޮވައިގެން ނޫނީ ގެންނަން ބޭނުންވާ ތަރައްގީ, ބޭނުންވާ ސްޕީޑުގައި ނުގެނެވޭނެ ކަމަށެވެ. އެއީ އިދިކޮޅު ޕާޓީތަކުގެ މެންބަރުންނާއެކު ގެންނަންޖެހޭ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދަން ދަތިވާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން އުޅެނީ ރާއްޖޭގެ އަމަންއަމާންކަން ނައްތާލަން ކަމަށް ވީނަމަވެސް ރާއްޖޭގެ ދީނީ ވަހުދަތު ރައްކާތެރިކުރަނީ ޕީޕީއެމުން ކަމަށާއި, މި ވާޖިބު އަދާ ކުރުމަށް ރައްޔިތުން ވެސް އެއްބާރުލުން ދޭން ޖެހޭ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އެއް އަޒުމެއްގައި ނުކުމެ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން ޖެހެނީ, 2018 އަށްވެސް ރައީސް ޔާމީން އިންތިހާބުކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅުގެ ގޮތުގައި ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ