މައުމޫން އަދި ނަޝީދުގެ އަބުރާއި ބެހުނު ކަމަށް ބުނާ މައްސަލަ ނުބަލަން ބްރޮޑްކޮމްއިން ނިންމައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ، އަބުރާ ބެހިފައިވާ ކަމަށް ބުނެ ހުށައެޅުނު މައްސަލަ ނުބަލަން، ބްރޮޑްކާސްޓިން ކޮމިޝަނުން ނިންމައިފިއެވެ.
މި މައްސަލަ އެ ކޮމިޝަނަށް ހުށައެޅީ، މިދިޔަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހުގެރޭ ޓީވީއެމް އިން ގެނެސްދިން ހަބަރެއްގައި، ރައީސް މައުމޫން އަދި ރައީސް ނަޝީދުގެ ބެހިފައިވާ ކަމަށް ބުނެފައެވެ.
މި މައްސަލަ ނިންމިގޮތް ހާމަކުރަމުން ބްރޮޑްކޮމްއިން ބުނެފައިވަނީ، އަބުރާ ބެހުމުގެ މައްސަލައެއް ފާހަގަ ކުރެވިއްޖެ ނަމަ އެކަމެއް ބެލުމުގެ އިޚްތިޔާރު މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާތަކަށް ދީފައި އޮތް ނަމަވެސް، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު ތަންފީޒުކުރުމާ ވިދިގެން، ރައީސް މައުމޫން އަދި ރައީސް ނަޝީދު އެ ދެ ބޭފުޅުންގެ ރަސްމީ ޓްވިޓަރ އެކައުންޓްގައި، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން ދައުވާ ނުކުރައްވާނެ ކަމަށް އާންމުކޮށް އިޢުލާން ކުރައްވައިފައިވާ ކަމަށެވެ.
"އަދި އެ ފަރާތްތަކުން ކޮމިޝަނަށް މައްސަލަ ހުށަހަޅާފައި ނުވާ ހާލަތުގައި ކޮމިޝަނުން އިސްނަގައިގެން މި މައްސަލަ ކުރިޔަށް ގެންދިއުމަށް ނުފެންނަ ކަމަށް، މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށް، އެ ކޮމިޝަނުން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ