ޓީޗިން ދާއިރާގެ ދެ މާސްޓާސް ކޯހާއެކު އެވިޑް ކޮލެޖުގެ މޭ އިންޓޭކަށް ހުޅުވާލައިފި
ޓީޗިން ދާއިރާގެ މާސްޓާސް ފެންވަރުގެ ދެ ކޯހާއެކު އެވިޑް ކޮލެޖުގެ މޭ މަހު ފަށާ ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. ރާއްޖޭގެ ކިޔަވައިދިނުމުގެ ދާއިރާގައި މަސައްކަތްކުރާ މުދައްރިސުންނަށް އަމާޒުކޮށްގެން އެވިޑް ކޮލެޖުގައި އަލަށް ފަށާ ދެ ކޯހަކީ މާސްޓާސް އޮފް ޓީޗިން ޕްރައިމަރީ އަދި މާސްޓާސް އޮފް ޓީޗިން ސެކަންޑަރީ ކޯހެކެވެ. އެވިޑް ކޮލެޖުން ބުނީ، ރާއްޖެއަށް މުޅިން އަލަށް ތައާރަފްކުރާ އެ ދެ ކޯހަކީ ވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ވެލިޑޭޝަން ލިބިފައިވާ ލެވެލް ނުވައެއްގެ ދެ ކޯސް ކަމަށެވެ. އަދި އެއް އަހަރާއި ހަތަރު މަސް ދުވަހުގެ އެ ދެ ކޯސް ވެސް ކުރިއަށް ގެންދާނީ ބުލޮކް މޯޑަށް ކަމަށް އެ ކޮލެޖުން ބުނެއެވެ. އެވިޑް ކޮލެޖުގައި މިހާރު ވެސް މާސްޓާސް އޮފް އެޑިއުކޭޝަންގެ ކޯހަކާއެކު ހަތަރު މާސްޓާސް ޕްރޮގްރާމް ހިންގައެވެ. އެވިޑް ކޮލެޖުން ބުނީ، މޭ މަހު އަލަށް ފަށާ މާސްޓާސް އޮފް ޓީޗިން ދެ ކޯހަށް އެދި އެންމެ ފުރަތަމަ ހުށަހަޅާ 20 ދަރިވަރަކަށް ކޯހުގެ ފުރަތަމަ އިންސްޓޯލްމެންޓުގެ 50 ޕަސެންޓް ހިލޭ ކޮށް ދޭ ގޮތަށް ވެސް ނިންމާފައިވާ ކަމަށެވެ. މާސްޓާސް ޕްރޮގްރާމްތަކުން ފެށިގެން ސެޓްފިކެޓް ތިނަކާ ހަމައަށް ކޯސްތައް ހިންގަމުން އަންނަ އެވިޑް ކޮލެޖުން އަންނަ މޭ މަހު 28 ޕްރޮގްރާމަކުން ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި ޓީޗިން، މެނޭޖްމަންޓް، އައިޓީ، ވިޔަފާރީގެ އިތުރުން ކައުންސެލިން ފަދަ ދާއިރާތައް ހިމެނެއެވެ. އެވިޑް ކޮލެޖުން ބުނީ، މާސްޓާސް އޮފް ޓީޗިން އަށް ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ މޭ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކަމަށެވެ. ނަމަވެސް މެއި މަހު ފަށާ އެހެން ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 30 ވަނަ ދުވަހުގެ ރޭ 10:00 އަށް ކަމަށެވެ. އެވިޑް ކޮލެޖުގެ މަސައްކަތް ފުރަތަމަ ފެށިގެން އައީ 2004 ވަނަ އަހަރު އެވިޑް މޯބައިލް ޓްރޭނިންގެ ނަމުގައެވެ. އަދި 2005 ވަނަ އަހަރު އެ ސެންޓަރުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށްފަހު އެވިޑް ޓްރޭނިންގް ސެންޓަރުގެ ނަމުގައި ރެޖިސްޓްރީކޮށް އެމްކިޔޫއޭ އިން ގަބޫލުކުރާ ފެންވަރުގެ ތަފާސް ކޯސްތަކެއް މާލެއާއި އަތޮޅުތަކުގައި ހިންގަން ފެށި އެވެ. ޓްރޭނިން ސެންޓަރަކުން ކޮލެޖުގެ ނަމަށް އެވިޑް ކޮލެޖުގެ މަސައްކަތްތައް ފުޅާކުރީ 26 އޮގަސްޓް، 2013 ވަނަ އަހަރު އެވެ. އެގޮތުން މިހާރު އެ ކޮލެޖުގެ ދެ ކެމްޕަހެއް މާލޭގައި ދަނީ ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ