އުމުރުން 11 އަހަރުގެ ކުއްޖަކު ފުޓުބޯޅަ ފްރީސްޓައިލް ރެކޯޑު މުގުރާލައިފި

އުމުރުން 11 އަހަރުގައި ނައިޖީރިއާގެ ކުއްޖަކު ފުޓުބޯޅަ ފްރީސްޓައިލް ރެކޯޑު މުގުރާލައިފިއެވެ.
ނައިޖީރިއާގެ އެޗޭ ޗިނޮންސޯ ރެކޯޑް މުގުރާލާފައިވަނީ ތަފާތު ގޮތަކަށެވެ. އޭނާ ވަނީ މިނިޓެއްގެ ތެރޭ 111 ފަހަރު ބިމުގައި ބޯޅަ ނުޖައްސައި ކޮންޓްރޯލް ކޮށްފައެވެ. އަދި އެންމެ ތަފާތުކަމަކަށް ވެފައިވަނީ ޗިނޮންސޯ މިކަން ކުރި އިރު އޭވާ ވަނީ ފުޓުބޯޅައެއް ބޯމަތީގައި ނުވައްޓައި ހިފަހައްޓައިފައެވެ.
މި ރެކޯޑް ހެދުމުން ޗިނޮންސޯ ހުރީ ވަރަށް އުފާވެފަ އެވެ. ރެކޯޑް ގާއިމްކުރެވުމުން އޭނާ ބުނީ ބޭނުންވީ ކުރާން އުޅެފި ނަމަ ކޮންމެ ކަމެއްވެސް ކުރެވިދާނެކަން ސާބިތުކޮށްދޭން ކަމަށެވެ.
ފީފާ އިންވެސް ވަނީ ޗިނޮންސޯގެ ކުޅަދާނަ މަސައްކަތް ފާހަގަކޮށް މަރުހަބާ ކިޔުމުގެ ގޮތުން ހާއްސަ ޓުވީޓެއް ކޮށްފައެވެ.
މީގެ ކުރިން ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ޗިނޮންސޯ ވަނީ އޭނާ ބޭނުންވަނީ ފުޓްބޯޅައިގެ ފްރީ ސްޓައިލިންގެ އެންމެ މަތީ ފަންތިއަށް ދަތުރުކުރުން ކަމަށް ބުނެފައެވެ. އަދި ޕްރޮފެޝަލަން ފުޓުބޯޅަ ކުޅެން ބޭނުންވާކަމަށްވެސް ޗިނޮންސޯ ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ