މާދަމައިން ފެށިގެން ކޯޓުތައް ރަސްމީކޮށް ހުޅުވާނެ

މާލޭ ސަރަޙައްދުގެ ލޮކްޑައުންއަށް ދީފައިވާ ލުއިތަކާއެކު މާދަމާއިން ފަށައިގެން ކޯޓުތަކުގެ މަސައްކަތްތައް ފެށުމަށް ސުޕްރީމް ކޯޓުން މިއަދު އަންގައިފިއެވެ.މިއަދު ސުޕްރީމް ކޯޓުން ނެރެފައިވާ ސަރކިއުލާގައި ބުނެފައިވަނީ، 3 ޖޫން ގައި، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާއި އިރުޝާދުގެ ނަމުގައި ޢާންމު ކޮށްފައިވާ ސަރކިއުލާ ބާތިލުކޮށް، ރާއްޖޭގެ އެންމެހައި ކޯޓުތަކުގެ މަސައްކަތްތައް މާދަމާ ފެށުމަށް އަންގާ ކަމުގައެވެ. އަދި މަސައްކަތްކުރާއިރު ކޯޓު ތަކުން ހަމަޖައްސާ އުސޫލެއްގެ މަތިން، ޚިދުމަތް ހޯދާ ފަރާތްތަކާއި، މުވައްޒަފުންނާއި ގާޒީންގެ ރައްކާތެރި ކަމަށް ފިޔަވަޅުތައް އެޅުމަށްވެސްު ސުޕްރީމް ކޯޓުން ވަނީ އަންގާފައެވެ.ލޮކްޑައުންގެ ތެރޭގައި ކޯޓުތަކުގައި މައްސަލަތައް ކުރިއަށް ގެންގޮސްފައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. މާދަމާ ސަރުކާރު އޮފީސްތަކާއި ކޯޓުތައް ރަސްމީކޮށް ހުޅުވާއިރު އެޗް.ޕީ.އޭ. އިން ވަނީ މަސްއަކަތުގެ މާހައުލުގައި ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމާއި ގުޅޭ ގޮތުން ގައިޑްލައިން ތަކެއްވެސް ނެރިފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ