ވިލިމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަނީ

ވިލިމާލޭގެ ބައެއް ސަރަހައްދުތަކުން ހޮނިހިރު ދުވަހު ކަރަންޓު ކަނޑާލަން ޖެހިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
މިކަމާއި ގުޅިގެން ސްޓެލްކޯ އިން ބުނެފައިވަނީ އެކުންފުނިން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި 25 ޖުލައި 2020 ވާ ހޮނިހިރު ދުވަހު ވިލިމާލޭގެ ބޯކެޔޮ ގޯޅި ހިމެނޭ ސަރަހައްދުން ހެނދުނު 10:00ން 11:30ށް ކަރަންޓު ކަނޑާލަން ޖެހިދާނެ ކަމަށެވެ.
އެހެން ނަމަވެސް، އެ މަސައްކަތްތައް ނިމުނުހާ އަވަހަކަށް ކަރަންޓު ދެވިގެންދާނެ ކަމަށާއި ކަރަންޓު ކަނޑާލަން ޖެހިއްޖެނަމަ އެކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މާފަށް އެދޭ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ