ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ޙުކުމްގައި ހިމެނޭ ޖޫރިމަނާ ފައިސާ ހޯދުމަށް މީރާއަށް އަންގައިފި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީނު ޢަބްދުލްޤައްޔޫމުގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމުގައި ހިމެނޭ 5,000،000.00 (ފަސްމިލިއަން) ޔޫއެސްޑޮލަރުން ޖޫރިމަނާފައިސާ ހޯދަން ދައުލަތުގެ ބަންޑާރަނައިބު މީރާއަށް އަންގަވައިފިއެވެ. މަނީ ލޯންޑްރިންގެ ޢކުށްސާބިތުވެ އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 5,000،000.00 (ފަސްމިލިއަން) ޔޫއެސް ޑޮލަރ ދެއްކުމަށް 28 ނޮވެންބަރު 2019 ގައި ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ޙުކުމް ކޮށްފައެވެ. ޖޫރިމަނާ ފައިސާ ދައްކަން ޙުކުމްކުރައްވާފައިވަނީ 6 މަސްދުވަހުގެ ތެރޭގައެވެ. އެހެންނަމަވެސް އަދި މިހާތަނަށް އައިއިރުވެސް އެފައިސާ ދައްކާފައިވާ ކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ