ކުރިމިނަލް ކޯޓުގައި ދައުލަތުން ރައީސް ޔާމީނުގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި 5 އަހަރު ދުވަހަށް އެމަނިކުފާނު ޖަލަށް ލުމަށައި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ޙުކުމްކުރެއްވި ޤާޟީ ޢަލީ ރަޝީދު ސުޕްރީމް ކޯޓަށް އައްޔަންކުރަން ޖޭއެސްސީން ލަފާދީފިއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ދަފްތަރު. ނަންބަރު 2302 އޛ.ޢަލީ ރަޝީދު ޙުސައިން އާއި ހދ.ކުޅުދުއްފުށި ފިނިފެންޖަންބުގޭ ޑރ. މުޙައްމަދު އިބްރާހީމް ޢައްޔަންކުރުމަށް ޖޭއެސްސީއިން މަޝްވަރާ ދެއްވާފައިވާތީ، ދެބޭފުޅުންގެ ނަން މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިން.— Ibrahim Mohamed Solih (@ibusolih) August 19, 2020ރައީސް ޔާމީނުގެ މައްޗަށް ހުކުމްކުރެއްވި ޤާޟީ ޢަލީ ރަޝީދުގެ އިތުރަށް ޑރ.މުޙައްމަދު އިބްރާހީމްވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ޖޭއެސްސީން ލަފާދީފައިވެއެވެ. އެކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހީމް މުޙައްމުދު ޞާލިޙު ކުރެއްވި ޓުވީޓެއްގައެވެ. އެދެބޭފުޅުންގެ ނަންފުޅު ޖޭއެސްސީގެ ލަފައެއް ހޯއްދެވުމަށް ރައީސް ސޯލިހު ފޮނުއްވީ މިހިނގާ އޯގަސްޓު މަހުގެ 6 ވަނަ ދުވަހުގައެވެ. ޢަލީ ރަޝީދުގެ ނަންފުޅު ޖޭއެސްސީއަށް ރައީސް ސޯލިހު ފޮނުއްވުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ އެކަމުން އެނގެނީ ރައީސް ޔާމީނުގެ މައްޗަށް ޝަރީޢަތް ހިންގައި ހުކުމްކުރީ ޑީލެއްގެ ދަށުން ޤާޟީ ޢަލީ ރަޝީދަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ދޭން ޝަރުޠުކޮށްފައި ކަމުގައެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ރައީސް ޔާމީނުގެ މައްޗަށް އިއްވި ހުކުމަކީ އަދި ދައުވާއަކީވެސް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވައިގެން އިއްވި ހުކުމެކެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ރައީސް ޔާމީނުގެ މައްޗަށް ހުކުމްކުރެއްވި ޤާޟީ ސުޕްރީމް ކޯޓަށް އައްޔަންކުރަން ޖޭއެސްސީން ލަފާދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ