ގާނޫނީ ވަކީލުން ތަމްސީލް ކުރާ "ބާ އެސޯސިއޭޝަން" އަކީ ހިންގޭނެ ޖަމިއްޔާއެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމެމުމެއް ބުނެފައިވަނީ ބާ އެސޯސިއޭޝަނެއްގެ ނަމުގައި އަމިއްލަ ޖަމިއްޔާއެއް އުފައްދާފައި ވިޔަސް ރާއްޖޭގައި އަދުލު އިންސާފު ގާއިމްކުރުމުގެ އެއްވެސް ކަމެއްގައި އެޖަމިއްޔާއިން ހަރަކާތްތެރިވުމަކީ ހުއްދަކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ސުޕްރީމް ކޯޓުން ބާ އެސޯސިއޭޝަނާ މެދު ގޮތްތަކެއް ނިންމާފައިވަނީ ފަނޑިޔާރުންގެ މަޖިލީހުން މި މަހުގެ ނުވަވަނަ ދުވަހު އެވެ. އަދި މިނިންމުން ސުޕްރީމް ކޯޓުން ވަނީ ހޯމް މިނިސްޓްރީއަށް އަންގާފަ އެވެ.
ބާ އެސޯސިއޭޝަނުގެ ނަން ބަދަލުކޮށް 14 ދުވަހުގެ ތެރޭގައި އެކަން އެންގުމަށް ހޯމް މިނިސްޓްރީން އެޖަމިއްޔާގެ ރައީސް އަދި ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދަށް މިހާރު އެކަން އަންގާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
ބާ އެސޯސިޭއޭޝަނެއް ނުހިންގޭނެ: ސުޕްރީމް ކޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ