ޑްރަގް ކޯޓު ހިންގާ ގާޒީ ހަ މަހުން ބަދަލުވާ ގޮތަށް ހަމަޖައްސައިފި

ޑްރަގް ކޯޓުގެ އިސް ގާޒީގެ މަގާމަށް ބޭފުޅަކު އައްޔަންކުރެވެންދެން އެ ކޯޓް ހިންގެވުމަށް ހަވާލުކުރެވޭ ގާޒީ ކޮންމެ ހަމަކުން ބަދަލުވާ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަމަޖައްސައިފި އެވެ.
ޖޭއެސްސީން މިމަހުގެ ނުވަވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްްގައި ނިންމާފައިވާ މި ނިންމުމާ އެއްގޮތަށް އަމަލުކުރުމަށް އެ ކޮމިޝަނުން ޑްރަގް ކޯޓަށް އަންގާފައިވާ ކަމަށް ވެސް ކޯޓުން ބުނެ އެވެ.
ޖޭއެސްސީގެ އެންގުމާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން މިއަދުން ފެށިގެން ކުރިއަށް އޮތް އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ޑްރަގް ކޯޓް ހިންގަން، ގާޒީ މުހައްމަދު އީސާފުޅާ މިހާރު ވަނީ ހަވާލުކުރައްވާފަ އެވެ. އަދި ޖޭއެސްސީއަށް މިހާރު އެކަން އަންގާފައިވާ ކަަމަށް ވެސް ޑްރަގް ކޯޓުން ބުނެ އެވެ.
ޑްރަގް ކޯޓް އުފެދުނު ފަހުން ފާއިތުވެ ދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ކޯޓް ހިންގުމާއި ހަވާލުވެ ހުންނެވީ ގާޒީ މަހާޒު އަލީ ޒާހިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ