އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓުގައި އާމްދަނީ އިތުރު ކުރުމަށް ހުށައަޅާފައިވާ ބައެއް ކަންކަން ދެކޮޅު ނުޖެހޭކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ބަޖެޓު ކޮމިޓީގައި ވާހަކަދައްކަވަމުން ގާސިމް މިއަދު ވިދާޅުވީ ސަރުކާރުން ޑިއުޓީ ނެގުމުގައި ގެންގުޅޭ އުސޫލު ފާހަގަވާން ނެތް ކަމަށާއި އެގޮތުން ރަނާއި ރަނުގެ ބާވަތުން ނަގާ ޑިއުޑީ 25 ޕަސެންޓުން ސުން ޕަސެންޓަށް ކުޑަކުރުމަށް ނިންމާފައިވާ ނިންމުމާ މެދު ސުވާލު އުފެދޭ ކަމަށެވެ.
އެއްޗެހީގެ އަގުތަށް އުފުލިފައިވަނިކޮށް ތެލުގެ ބާވަތްތަކުން ޑިއުޓީ ނަގަން ފެށުމުން އާންމު ދިރިއުޅުމުގެ ހާލަތަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
އާމްދަނީ އިތުރުކޮށްގެން ހަރަދުކުރާ މަޝްރޫއުތަކުން އަދިވެސް ފެންނަމުން ދަނީ މާލެއަށް އަމާޒުކޮށްގެން މާލޭގެ ތަރައްގީ ކުރަން އުޅޭ މަންޒަރު ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
ނަމަވެސް ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވަނީ މިއަހަރުގެ ބަޖެޓަކީ ރައްޔިތުންނަށާއި އަތޮޅު ތެރޭގެ ތަރައްގީ އަށް ހާއްސަ އިސްކަމެއް ދީގެން ރާވާފައިވާ ބަޖެޓެއް ކަމަށް ވިދާޅުވެފައެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައަޅާފައިވަނީ 24.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އާމްދަނީ އިތުރު ކުރުމަށް ހުށަހަޅާފައިވާ ބައެއް ކަންކަން ދެކޮޅު ނުޖެހޭ - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ