ސައުދީ އަރަބިއާގެ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް ރަޝިޔާ އަށް ރޭ ވަޑައިގެން، މަތިންދާ ބޯޓުން ފައިބައިވަޑައިގަންނަވަން ރަސްގެފާން އާއްމުކޮށް ބޭނުން ކުރައްވާ ކަރަންޓްސިޑި ވަކި ހިސާބަކުން ހުއްޓިއްޖެ އެވެ.
މޮސްކޯގެ ވުނުކޯފް-2 އެއާޕޯޓުގައި މަތިންދާބޯޓު ޖެއްސުމާ އެކު ކަރަންޓް ސިޑިން ރަސްގެފާން ފައިބައިވަޑައިގެން މެދަކާ ހިސާބުން ސިޑި ހުއްޓުނެވެ. އެ ވަގުތު ކުޑަ އިރުކޮޅަކު ރަސްގެފާން މަޑުކުރެއްވިވެސް މެއެވެ. ނަމަވެސް 81 އަހަރުގެ ރަސްގެފާނަށް ޖެހިވަޑައިގަތީ ހިންގަވާފައި ސިޑިން ފައިބައި ވަޑައިގަންނަވާށެވެ. އޭރު ރަސްގެފާނަށް އެހީތެރިވާން އަރިހުގައި މީހުން ތިއްބެވެ.
ރަޝިޔާގެ ބައެއް ނޫސްތަކުން ބުނާގޮތުގައި ސަލްމާން ރަސްގެފާން ވަޑައިގެންނެވީ ހާހަކަށް ވުރެ ގިނަ މީހުންގެ ބޮޑު ވަފުދަކާ އެކު އެވެ. ރަސްގެފާން ބޯޓުން ފައިބައިވަޑައިގަތުމާ އެކު އެ މަނިކުފާނަށް މަރުހަބާ ވިދާޅުވީ ރަޝިޔާގެ ބޮޑު ވަޒީރުގެ ނައިބް ދިމިތުރީ ރޮގޮޒިން އެވެ.
ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ އެކު ސަލްމާން ރަސްގެފާން މަޝްވަރާ ކުރައްވާނެ ކަންތައްތަކުގެ ތެރޭގައި ސައުދީއަށް ތިން ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުން ހިމެނެ އެވެ.
ސައުދީ ރަސްގެފާން ބޯޓުން ފައިބައިވަޑައިގަންނަވަނިކޮށް ކަރަންޓް ސިޑި ހުއްޓިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ