މާފަންނު ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ، ސުޕްރީމް ކޯޓުގެ ނިންމުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް އަސަރެއް ކުރާނެ ކަމަށް ނުބެލެވޭ ކަމަށާއި މަޖިގާނސުޕްރީމް ކޯޓުގެ ހުކުމް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވަކީލުންގެ ޓީމުން ދިރާސާ ކުރަމުންދާ ކަމަށާއި މި މައްސަލަ ރިވިއު ކުރުމަށް ފެނިއްޖެ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށެވެ.
"މި މައްސަަލައިގެ ހުކުމް އަންނަނީ ދިރާސާކުރަމުން. އަލުން އަނބުރާ ރިވިއު ކުރުމަށް ހުށަހަޅަންޖެހިއްޖެ ނަމަ އެ މައްސަަލަ ލޯޔަރުންގެ ޓީމުން ހުށަހަޅާނެ،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ މަސީހުގެ އިތުބާރު ނެތް މައްސަލަ އަތީ ހަަމަ ކުރިއަށް ކަމަށާއި ގާނޫނުގައި ކަނޑައެޅިފައިވާ ދުވަހަށް ޖަލްސާ ބާއްވައިފި ނަމަ އެ ދުވަހުން ދުވަހަށް މަސީހު މަޤާމުން ވަކި ކުރެވޭނެ ކަމަށެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމްގައިވާ ގޮތުން ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލީހުގެ ގޮނޑިއަށް އިންތިހާބުވި، މެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަަމަށެވެ.
ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ވަނީ ޕާޓީއިން ވަކިވުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިފަ އެވެ. މި ހުކުމާ އެކު ބުރާސްފަތި ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ އިރު ހުންނަ ޕާޓީއަކުން ވަކިވާ، ވަކިކުރާ އަދި ބަދަލުކުރާ މެންބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ.
ޕާޓީތަކުން ބުނީ ހުކުމާ ގުޅޭ ގޮތުން ގާނޫނީ ވަކީލުން ދިރާސާކުރައްވަމުންދާ ކަމަށާއި އެ ދިރާސާއިން ހުކުން އަލުން ރިވިއުކުރަން ހުށަހަޅަން ހުށަހަޅަން ފެނިއްޖެ ނަމަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ސުޕްރީމް ކޯޓުގެ ހުކުމުން މަސީހުގެ މައްސަލައަށް އަސަރެއް ނުކުރާނެ: ޕާޓީތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ