ޤައުމަށް އެންމެ ރަނގަޅު ގޮތަކީ ރައީސް މައުމޫން ޕީޕީއެމް ގެ ރައީސް ކަމުން އިސްތިއުފާ ދެއްވުން ކަމަށް ރައްޔިތުންގެ މަޖްލިސްގެ ނައިފަރު ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލްފާޟިލް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ފާޑު ވިދާޅުވެ، ޕީޕިއެމްގެ އިސްލާހީ އެޖެންޑާއެއް މައުމޫން މިރޭ އިއުލާން ކުރެއްވިތާ މާ ގިނައިރު ނުވެ، މިރޭ ކުރި ޓްވީޓެއްގައި ނައިފަރު ދާއިރާ ގެ އިއްޒަތްތެރި މެމްބަރު ވަނީ ރައީސް މައުމޫން ޕީޕީއެމް ގެ ރައީސް ކަމުން އިސްތިއުފާ ދެވުމަށް ގޮވާލާ އަދި އެއީ ޤައުމަށް އެންމެ ރަނގަޅު ގޮތް ކަމުގައިވެސް ވިދާޅުވެފައެވެ.
ސަރުކާރު ހިންގުމުގައި ޕީޕީއެމްގެ ރައީސްގެ ބާރާއި ނުފޫޒު އޮންނަން ޖެހޭ މިންވާރާމެދު ބަހުސްކުރެވެމުންދާ ދަނޑިވަޅެއްގައި، އެ ޕާޓީގެ ރައީސް މައުމޫން އެ ޕާޓީގެ ކޮމެޓީތައް ސަސްޕެންޑް ކުރައްވުމުގެ އިތުރުން ޕާޓީގެ ނައިބުރައީސްގެ ބާރުތައް ނަންގަވައި، ޕާޓީ ހިންގުމުގެ ހުރިހާ ބާރެއް އެމަނިކުފާނުގެ އަތްޕުޅަށް ނަންގަވާފައެވެ. މިކަމާއި ގުޅިގެން އެއް ބަޔަކު އެމަނިކުފާނުގެ ނިންމެވުންތަކަށް ތާއީދުކުރަމުންދާއިރު އަނެއް ބައެއްގެ ފާޑުކިއުން އެމަނިކުފާނަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.
މިރޭގެ ބަޔާނުގައި މައުމޫން އެންމެ ބޮޑަށް ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި ޕާޓީގެ ތެރޭގެ އަހުލާގާއި ސުލޫކު ގެއްލި، ޕާޓީގެ ރައީސްގެ ބަސް އެހުމެއް ނެތި އަސާސީ ގަވާއިދާ ހިލާފަށް ޕާޓީގެ އެކި ގުނަވަންތަކުން ކަންތައްތައް ކުރެއްވުން ހިމެނެ އެވެ. އަދި ޕީޕީއެމްގެ ޕީޖީ ގްރޫޕުުން ގައުމަށް އެއްވެސް ފައިދާ ނެތި ކަންތައްތައް ކުރައްވަމުން ގެންދަވާ ކަމަށާއި ކޮރަޕްޝަނާއި ފަސާދައަށް މަގުތައް ހުޅުވިފައިވާ ކަމަށް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
ޤައުމަށް އެންމެ ރަގަޅު ގޮތަކީ ރައީސް މައުމޫން އިސްތިއުފާ ދެއްވުން - ޝިޔާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ